ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލުތަކުގެ ބަޖެޓުގައި އަތްލަން ސަރުކާރުން އުޅެނީ މީހަކު އައްޔަނުކޮށްފައި މުސާރަ ހަމަޖައްސަންތަ؟: ނިޔާޒް

އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ ޗެއާ އަލީ ނިޔާޒް
ޝެއާރކޮށްލާ ކަހަލަދޯ؟

އަހަރު ނިމޭއިރު ކައުންސިލުތަކަށް ދީފައިވާ ބަޖެޓުން ބާކީވާ ފައިސާގައި މައި ސަރުކާރުން އަތްލުމަށް މަސައްކަތްކުރަމުންދަނީ އިތުރު މީހަކު ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް އައްޔަނުކޮށް މުސާރަ ހަމަޖެއްސުމުގެ މަގުސަދުގައިތޯ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ސުވާލު ކުރައްވައިފިއެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެނައުމަށް މަސައްކަތްކުރަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ނިޔާޒްވަނީ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް ކައުންސިލުތަކުގެ ބަޖެޓާއި ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. ނިޔާޒް ވިދާޅުވީ، ނާޒިމްއަކީ މީގެ އަހަރުތަކެއް ކުރިން އެޓޯލްސް މިނިސްޓްރީގައި ހުންނެވި ބޭފުޅެއްކަމަށެވެ.

ނިިޔާޒް ވިދާޅުވީ، އެ ދުވަސްވަރު ދައުލަތުގެ ބަޖެޓުން ރަށަކަށް ވަކި ވަރެއް ކަނޑައަޅައި ހަވާލުކުރުމަށްފަހު އިތުރު ކަމަކު ނޭދުމަށް އަންގާކަމަށެވެ. އަދި އަހަރު ނިމޭއިރު އެންމެ ފައިސާ ފޮއްޗެއް އޮތްނަމަވެސް ފެބްރުއަރީ މަހުގެ ކުރިން ސަރުކާރުގެ މައި އެކައުންޓަށް ޖަމާކުރަންޖެހޭކަމަށާއި އެހެންކަމުން ފަހު ދެމަހަށް ދިއުމުން ކައުންސިލުތަކުން ދީފައިވާ ބަޖެޓު ހުސްކުރުމަށް މަސައްކަތްތައް ކުރާކަން ފާހަގަކުރެވުނުކަމަށެވެ.

އޭނާ ވިދާޅުވީ، ބަޖެޓު ހުސްކުރަނީ ރަށްތަކަށް ކަމެއް ބޭނުންވެގެން ނޫންކަމަށާއި އަނބުރާ ފޮނުވަންޖެހޭތީ ކޮންމެވެސް ތަނަކުން އިންވޮއިސްއެއް ހަދައިގެން ބަޖެޓު ހުސްކޮށްލާކަމަށެެވެ. އެހެންކަމުން އޭރު އޮތް ގޮތްތޯ ނޫނީ މިހާރު އޮތް ގޮތުގެ މަތިން ފައިސާ ހުރެ އިތުރުވަމުންގޮސް ކައުންސިލުތަކަށް އެދޭ ކަމެއްގައި އިންވެސްޓުކުރުމަށް ޖާގަ އޮތުންތޯ ރަނގަޅީ ވިސްނާލުން މުހިންމުކަމަށް އިޝާރާތްކުރެއްވިއެވެ.

ނިޔާޒް ވިދާޅުވީ، މިހާރު އޮންނަ ގޮތުން އަތްނުލާ ފައިސާ ހުންނަކަމަށާއި އެއީ ނޭނގިގެން ވެގެންދާ ކަމެއް ނޫންކަމަށެވެ. އަދި އެ ފައިސާއިން ރަށުގެ އިޖްތިމާއީ އެކި ކަންކަމަށް ބޭނުންކުރެވިގެންދާކަމަށާއި އެއީ ފުޓުބޯޅަ މުބާރާތެއް ބޭއްވުން ނަމަވެސް މީގެ ކުރިން އޮތް ގޮތާއި ހިލާފަށް ކޮންމެވެސް ވިޔަފާރި ވެރިއެއް ކައިރިއަށް ދާންޖެހޭ ގޮތަށް އޮތް އޮތުން ނިމުމަކަށް އަންނަކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު ފުޓުބޯޅަ މުބާރާތެއް ބާއްވަން ދިއްގަރުގެ ރައްޔިތުން އެ ރަށުގެ މެމްބަރުގެ މަގާމުގައި ހުންނަވާ ނާޒިމްގެ ކައިރިއަށް ނުދާނެކަމަށެވެ. އަދި އެ ރަށުގެ މުނިސިޕަލް ހިދުމަތްތައް ދިނުމަށްފަހު ކައުންސިލުގައި މާލީ ހަކަތަ ހުންނަކަމަށާއި އީދު އައުމުން ޝޯއެއް ބާއްވަން އެދުމުންވެސް ވަކި މީހެއްގެ ކައިރިއަށް ގޮސް ހަދަން ނުޖެހޭނެކަމަށެވެ.

ކައުންސިލުތަކުން ބްލޮކް ގްރާންޓުގެ ފައިސާއިން ރަށުގެ އީދު ޝޯއަށް ހަރަދުކުރަނީ ގާނޫނީގޮތުން ލާޒިމުކުރާ ކަންކަން ކުރުމަށްފަހުކަމަށް ހިއްސާކުރެއްވިއެވެ. ނިޔާޒް ވިދާޅުވީ، އެފަދަ މަސައްކަތްތައް ކުރަނީ ރަށުގެ ބަޖެތުގައި ޖަހައިގެން ރައްޔިތުންގެ ރުހުމާއި އެކު ފާސްކޮށްގެންކަމަށެވެ. އަދި އެ ބަޖެޓު ފާސްކުރަން ފިނޭންސް މިނިސްޓަރުގެ ދައުރެއް އޮންނަން ނުޖެހޭކަމަށްވެސް ފާހަގަކުރެއްވިއެވެ.

އަހަރު ނިމޭއިރު ބޭނުން ނުކުރެވި ފައިސާތަކެއް ހުންނަކަމަށް ބުނެ މައްސަލައެއްގެ ގޮތުގައި ފާހަގަކުރާކަމަށް އަލިއަޅުއްވައި ނިޔާޒް ވިދާޅުވީ، އެ ފައިސާ ސަރުކާރުގެ މައި އެކައުންޓަށް ޖަމާނުވާނެކަމަށާއި ހުންނާނީ ކައުންސިލުން އުފައްދާފައިވާ އެކައުންޓުގައިކަމަށެވެ. އެހެންކަމުން ކައުންސިލަށް ބޭނުންކުރެވޭނެއިރު މައި ސަރުކާރަށް ބޭނުން ނުކުރެވޭނެކަމަށް މައުލޫމާތު ދެއްވިއިރު ސަރުކާރުން އެފައިސާ ނެގޭނެ ގޮތެއް ހަދަން އުޅެނީ އިތުރު މީހަކު ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް އައްޔަނުކޮށް މުސާރަ ހަމަޖެއްސުމުގެ މަގުސަދުގައިތޯ ސުވާލު ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: