ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްއެމްއީތައް ވަރުގަދަކުރެވޭނެ މާހައުލެއް ގާއިމުކުރުމަށް ސަރުކާރުން އަހައްމިޔަތުދެން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވަރުގަދަކުރެވޭނެ ފަދަ މާހައުލެއް ގާއިމުކުރުމުގެ މަސައްކަތްތަކަށް ސަރުކާރުން އަހައްމިއްޔަތުދޭކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީގޮތުން މައިކްރޯ ސްމޯލް އެންޑް މީޑިއަމް ސައިޒްޑް އެންޓަރޕްރައިޒަސް ޑޭގެ ގޮތުގައި ފާހަގަކުރާ ދުވަހުގެ މުނާސަބާގައި ރައީސް ޑރ މުއިއްޒުވަނީ އެކްސް މެދުވެރިކޮށް މެސެޖެއް އާންމު ކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، މި ދުވަހަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ކުރިއެރުންތައް ގެނެސްދެމުންދާ ވިޔަފާރިވެރިންނާއި އުފެއްދުންތެރިން އަދި އެވެރިންގެ ކާމިޔާބީތައް ފާހަގަކުރާ ދުވަހެއްކަމަށެވެ.

ރައީސް ވިދާޅުވީ، އެމްއެސްއެމްއީތައް ބާރުވެރިކުރުމަށް ސަރުކާރުން އަހައްމިއްޔަތު ދޭކަމަށާއި އެކަން ކުރުމަށްޓަކައި އެންމެނަށްވެސް ފައިނޭންސިންގް ފުރުސަތުތައް ފަހިކުރުމާއި މާކެޓުތަކަށް އަތްފޯރާ މިންވަރު އިތުރުކުރުމުގެ މަސައްކަތްތައް ކުރެވިފައިވާކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި މި އަހަރު މޯލްޑިވްސް އެކްސްޕޯގެ ނަމުގައި ކުރިއަށް ގެންދިޔަ އުފެއްދުންތެރިކަމުގެ މައުރަޒުގެ ކާމިޔާބަށް ރިއާޔަތްކޮށް ސަރުކާރުންދަނީ އެމްއެސްއެމްއީގެ ގޮތުގައި ކަނޑައެޅިފައިވާ ވިޔަފާރިތައް ފުޅާކުރެވޭނެ މާހައުލެއް ހަރުދަނާކުރުމަށް މަސައްކަތްކުރާކަމަށެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން އެފަދަ މާހައުލެއް ރާއްޖޭގައި ގާއިމުކުރުމަށް އަހައްމިއްޔަތު ދޭކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ފުޅާކުރުމުގައި ދައުރެއް އަދާކުުރުމަށް ބާރު ލިބިގެންދާނެކަމަށެވެ. އަދި 2040 ވަނަ އަހަރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: