ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްޑީއެފްޑީ 4 ގައި ބައިވެރިވުމަށް ނައިބު ރައީސް ސްޕެއިނަށް!

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

”ފޯތް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓޫ“(އެފްއެފްޑީ4)ގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ސްޕެއިނަށް މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ.

މި ކޮންފަރެންސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސްޕެއިނުގެ، ސެވިލްގައި، މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ކޮންފަރެންސް ފައްޓަވައިދެއްވުމުގެ ގޮތުން ނައިބު ރައީސް ހިތާބެއް ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ކޮންފަރެންސްގެ ތެރެއިން ތީމަޓިކް ސްޓޭކްހޯލްޑާގެ މޭޒުގައި ބައިވެރިވެ، ރާއްޖޭއިން މާލީ ރީފޯމެއް ގެނައުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތްތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި އަދާކުރުމުގައި ބައިނަލްއަގްވާމީ އެހީތެރިކަމާއި އެއްބާރުލުމަށް ގޮވާލަން ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، މި ކޮންފަރެންސާއި އެއްފަރާތުން ރާއްޖެއިން އިންތިޒާމުކޮށްގެން ބާއްވާ އިވެންޓުތަކުގައިވެސް ނައިބު ރައީސް ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް އޮފިޝަލުންވެސް، މި ކޮންފަރެންސްގައި ރާއްޖޭ ތަމްސީލުކުރައްވާނެއެވެ.

އެފްޑީއެފްޑީ4އަކީ ސިލްސިލާގޮތެއްގައި އެކި ގައުމުތަކާއި، އ.ދއާއި ވިޔަފާރިތަކުގެ ބައިވެރިވުމާއިއެކު ފައިނޭންޝަލް ރީފޯމްއާއި ގުޅޭގޮތުން ވާހަކަދައްކާ މަޝްވަރާކުރުމުގެ ގޮތުން ބާއްވާ ކޮންފަރެންސްއެވެ. އެގޮތުން، މި ކޮންފަރެސްގެ ސިލްސިލާގެ އެންމެ ފަހުން ބޭއްވުނީ އިތިއޯޕިއާގެ އައްޑަބިސް އަބާބާގަ، 2015 ވަނަ އަހަރުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: