ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަލާލް ޓޫރިޒަމް ޑެސްޓިނޭޝަންއެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ރައީސް ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ---- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލާލް ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ނިންމަވައިފިކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ މުޅި ދުނިޔެއިން އެންމެ ފާހަގަކޮށްލެވޭ ފަތުރުވެރިކަމުގެ ސިނާއަތްކަމަށެވެ. އަދި ދިވެހިރާއްޖޭގެ މިވަގުތުގައިވެސް މަޝްހޫރުވެފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ސިނާއަތް ކުރިއަށް ގެންދިޔުމާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ ތަޖުރިބާ އަދި މެހެމާންދާރީ އަދާކުރާ ގައުމެއްކަމަށެވެ.

މީގެއިތުރުން ރައީސް ވަނީ، ހަލާލް ޓޫރިޒަމް ޑެސްޓިނޭޝަންއެއްގެ ގޮތުގައި ކުރިއަށްގޮސް، އެ ނީޝް މާކެޓުގައި ކުރިއަށް ދިޔުމަކީ އަމާޒެއްކަމަށް ވިދާޅުވެފައެވެ. އަދި، ރާއްޖޭގެ އެކި ރަށްތަކަކީ، ހަލާލް ޓޫރިޒަމްއަށް ހާއްސަކޮށްފައިވާ ތަންތަނަށް ހަދާ، އެތަންތަން ތަރައްގީކުރުމަށް ސަރުކާރުން ނިންމައިފިކަމަށެވެ. އަދި މި ނިންމުމާއިއެކު، އިންވެސްޓަރުން، މިކަމަށް އިންވެސްޓުކުރުމަށް ބާރުއެޅުމުގެ ގޮތުން ތަފާތު އެކި އިންސެންޓިވެސް ދެއްވާނެކަމަށް ރައީސް ވިދާޅުފައެވެ. މިއީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ޑައިވާސިފައިކޮށް، ރާއްޖެއިން ފަތުރުވެރިންނަށް ދޭ ހިދުމަތް އިތުރަށް ފުޅާވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަންނަ ހަފްތާގައި، މި ނިންމުމުގެ އިތުރު ތަފްސީލުތައް ހާމަކުރައްވާޏެކަމަށާއި، ހަލާލް ޓުރިޒަމް ނީޝް މާކެޓަށް އިންވެސްޓުކުރާ ފަރާތްތަކަށް ރާއްޖެ ހުރީ ތައްޔާރަަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: