ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުދުފިނިފެންމާގޭ ފާރު ތަޅާލި މައްސަލައިގައި ސިޓީ ކައުންސިލުގެ މައްޗަށް ކުރި ޙުކުމް ދަމަހައްޓައިފި!

ހުދުފިނިފެންމާގެއަށް ވަންނަން ދާ ގޯޅި
ޝެއާރކޮށްލާ ކަހަލަދޯ؟

ހ ހުދުފިނިފެންމާގޭ ފާރު ތަޅާލި މައްސަލައިގައި މާލޭ ސިޓީ ކައުންސިލުގެ މައްޗަށް ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމް ބާތިލު ކުރަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް އެ ކޯޓުން ނިންމައިފިއެވެ.

އެ ގޭގެ އިންފާރު ރޭނުމުގެ ސަބަބުން އެގޭގައި ދިރިއުޅޭ މީހުންނަށް ނުނިކުމެވި 24 ގަޑި އިރު ވަންދެން ތާށިވެފައި ތިބެން ޖެހުނު މައްސަލަ އޭރު މީޑިއާތަކުގެ ސަމާލުކަމަށްވެސް އައިސްފައިވެއެވެ.

އޭރު ހުދުފިނިފެންމާގެއަށް ވަދެނުކުމެ ނުހެދޭގޮތަށް ފާރެއް ރޭނުމުން އެ ގޭގައި އާއިލާއެއް ތާށިވުމާއި ގުޅިގެން އެކަން ހިނގިގޮތް ސާފުކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބޭއްވިއެވެ. އަދި  މާލެ ސިޓީ ކައުންސިލުން 2020 ވަނަ އަހަރު  ވަކި ރަޖިސްޓްރީއެއް ހަދާފައި އޮތްއިރު، އެ ރަޖިސްޓްރީގެ ސަބަބުން ހުދުފިނިގެންމާގޭގެ ފަހަތުގައި އޮތް ބަޔަށް ނުވަދެވޭގޮތްވީ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން އޭރު އޭގެގައި ތާށިވެފައި ތިބި މީހުން ނެރުމަށް ސިޓީ ކައުންސިލުން ފުލުހުންނާ އެކު ގޮސް ގޭގެ ވެރިފަރާތްކަމަށްވާ ހަސަން ޝާކިރުގެ ގެއިން ގޯޅި ކަނޑަން ޖެހޭ ދިމާލުން ފާރު ތަޅާލައިގެން އެތެރެއަށް ވަދެ ވަނީ އެމީހުން ނެރެފައެވެ.

ސިޓީ ކައުންސިލުން މިކަން މިހެން ކުރުމުން ހަސަން ޝާކިރު ވަނީ އެތަން ތަޅާލުމުން އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ސިވިލް ކޯޓުން މި މައްސަލަ ބެލުމަށްފަހު ޙުކުމްކޮށްފައިވަނީ ހ ހުދުފިނިފެންމާގޭ ގޯތީގެ އިމުގެ ތެރެއަށް މާލޭ ސިޓީ ކައުންސިލުގެ އިދާރާގެ މުވައްޒަފުން ވަދެ އިމާރާތުގެ ފާރުތައް ތަޅާލާފައިވުމުގެ ސަބަބުން ޙަސަން ޝާކިރަށް ލިބުނު ގެއްލުމުގެ ޒިންމާ މާލޭ ސިޓީ ކައުންސިލުން އުފުލަން ޖެހޭނެ ކަމަށެވެ. އޭރު ސިވިލް ކޯޓުން މި ޙުކުމް ކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލުގެ ޣައިރު ހާޒިރުގައެވެ.

އެހެންކަމުން މާލޭ ސިޓީ ކައުންސިލުން އަނެއްކާވެސް ވަނީ ޣައިރު ހާޒިރުގައި ކުރި މި ޙުކުމް ބާތިލު ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އެގޮތުން އެ މައްސަލައިގެ ދިފާއު ހުށަހެޅުން ލަސްވި ސަބަބުން ބަޔާންކޮށް ސިޓީއަކުން އެކަން އަންގާފައިވާއިރު އެކަމަށްވެސް ރިއާޔަތްކޮށްފައި ނުވާކަމަށް މައްސަލައިގައި ބުނެފައިވެއެވެ.

އެހެންކަމުން ސިޓީ ކައުންސިލުން އެދިފައިވަނީ މި މައްސަލައިގައި ދިފާއު ހުށަހަޅާފައިވާ ހިސާބުން މައްސަލައިގެ ޝަރީއަތުގެ މަރުޙަލާ އަލުން ކުރިއަށް ގެންދަންޖެހޭނެކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ، ސިޓީ ކައުންސިލުން ހުށަހެޅި ސަބަބުތަކާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރުވެސް އެ ކައުންސިލުގެ ޣައިރު ހާޒިރުގައި ކޮށްފައިވާ މި ޙުކުމް ބާތިލު ކުރަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށެވެ.

ސިވިލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ އަބްދުއްނާސިރު ޝަފީޤެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: