ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިވިލް ސޮސައިޓީ އެވޯޑްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި

ސިވިލް ސޮސައިޓީ އެވޯޑް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ސޮސައިޓީ އެވޯޑްއަށް ކުރިމަތިލުމުގެ ފުރުސަތު މަދަނީ ޖަމްޢިއްޔާ/ޖަމާޢަތްތަކަށް މިހާރު ހުޅުވާލައިފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.

ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ޔޫތު މިނިސްޓްރީން މައުލޫމާތު ދެމުން ބުނެފައި ވަނީ މިއީ ދިވެހިރާއްޖޭގެ ޖަމްޢިއްޔާތަކުގެ ޤާނޫނު ނަންބަރު (2022/3) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާ/ޖަމާޢަތްތަކުން ރާއްޖޭގެ މުޖްތަމަޢު ބާރުވެރިކުރުމުގެގޮތުން ހިލޭސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެޖަމްޢިއްޔާތަކުގެ އަގުވަޒަން ކުރުމުގެގޮތުން ދިނުމަށް ކަނޑައެޅިފައިވާ އިނާމެއް ކަމަށެވެ.

މި އިނާމުގެ ސަބަބުން ޖަމްޢިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އިނާމަކީ އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރި ކުރުވުމަށް އަމިއްލައިސްނެގުމުގެ މަތީން، ތަފާތު ގޮތްގޮތުން އެ ޖަމްޢިއްޔާއެއް ނިސްބަތްވާ މުޖްތަމަޢުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ހިލޭސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމްޢިއްޔާ ތަކަށް ދެވޭ އިނާމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މަދަނީ ޖަމްޢިއްޔާތަކުގެ އިނާމް ލިބޭފަރާތްތަކަށް، ޖަމްޢިއްޔާތަކަށް ދެވޭ ޚާއްޞަ އެވޯޑާއި، ސެޓްފިކެޓް ހިމެނޭ ކަމަށް ވަނީ މައުލޫމާތު ދީފައެވެ. ”ސިވިލް ސޮސައިޓީ އެވޯޑް“ އަށް ނަން ހުށަހެޅުމަށް 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ޔޫތު މިނިސްޓްރީގެ ކައުންޓަރަށް (ސޯޝަލް ސެންޓަރ) އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުމަށް ވަނީ އިލްތިމާޒް ކޮށްފައެވެ. ނުވަތަ މިނިސްޓްރީގެ އީމެއިލް: ce@youth.gov.mv މެއިލް މެދުވެރިކޮށް ހުށަހެޅުއްވިދާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އިނާމަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބިގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: