ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަން ތަރައްގީ ނުވާ އަތޮޅުތަކުގައި އިންވެސްޓްކުރަން ލުއިފަސޭހަތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަން ތަރައްގީ ނުވާ އަތޮޅުތަކުގައި ރިޒޯޓު ތަރައްޤީކޮށް އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އުސޫލެއްގެ ދަށުން ލުއިތަކެއް ހަމަޖައްސަވައިދެއްވުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްއިން މީޑިއާތަކަށް ދިން މައުލޫމާތުގައި ވަނީ ފަތުރުވެރިކަން މިހާތަނަށް ތަރައްޤީވެފައިނުވާ އަތޮޅުތަކުގައި ތިލަދުންމަތީ އުތުރުބުރި (ހއ)، ތިލަދުންމަތީ ދެކުނުބުރި (ހދ)، މިލަދުންމަޑުލު އުތުރުބުރި (ށ)، ކޮޅުމަޑުލު (ތ)، ހައްދުންމަތި (ލ) އަދި އައްޑޫ ސިޓީ (ސ) ހިމެނޭ ކަމަށެވެ. އެގޮތުން އިންވެސްޓުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އުސޫލެއްގެ ދަށުން ލުއިތަކެއް ހަމަޖައްސައިދިނުމަށް ނިންމާފައިވާއިރު އެ ލުއިތަކަކީ:

  • ⁠ ޢާންމުކޮށް ހުޅުވާލައިގެން (އޯޕަން ބިޑިންގ އުސޫލުން) އާއި ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށްދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު އަދި ގަވާއިދު ނަންބަރު ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާބެހޭ ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނުގެ ލީސް އެކުއިޒިޝަންގެ ޕަރ ހެކްޓަރ ރޭޓްތައް ވަނީ ކުޑަކުރެވިފައެވެ.

މީގެ އިތުރުން ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު ކްލޯޒް ބިޑިންގ ގެ ދަށުން:

  • ތ އަތޮޅުގެ ރަށްރަށަށް އިން ލޮކޭޝަން ޕްރެމިއަމް އުނިކުރުން.
  • ހއ، ހދ ،ށ، ތ އަދި އައްޑޫ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރީމިއަމް ފަޅުތަކުން އުނިކުރުން.
  • ލ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރެމިއަމް 150،000 އެމެރިކާ ޑޮލަރުން 100،000 އެމެރިކާ ޑޮލަރަށް ކުޑަކުރުން.
  • ހއ، ހދ، ށ ތ އަދި ލ އަތޮޅުގެ ފަޅުތަކުގެ ޕްރީމިއަމް 30 އިންސައްތަ ކުޑަކުރުން.

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު:

  • ހއ، ހދ ، ށ، ތ، ލ އަދި އައްޑު އަތޮޅުގެ 20 – 40 ހެކްޓަރުގެ ރަށްތަކަށް ދީފައިވާ ސައިޒް ޕްރެމިއަމްތައް އުނިކުރުން.
  • 6 އަތޮޅުގެ 40 ހެކްޓަރަށްވުރެ ބޮޑެތި ރައްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމްތައް 2،000،000 އެމެރިކާ ޑޮލަރުން 1،000.000 އެމެރިކާ ޑޮލަރަށް ކުޑަކުރުން.
  • ޢާންމުކޮށް ހުޅުވާލައިގެން (އޯޕަން ބިޑިންގ އުސޫލުން) އާއި ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށްދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު އަދި ގަވާއިދު ނަންބަރު ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާބެހޭ ގަވާއިދު ގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަން ތަރައްޤީކުރުމަށް ދެވޭ ގްރޭސް ޕީރިއަޑް ހަމަވުމުގެ ކުރިން ތަން ތަރައްޤީކޮށް ހުޅުވުމުން، އެދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުން.
  • ޢާންމުކޮށް ހުޅުވާލައިގެން (އޯޕަން ބިޑިންގ އުސޫލުން) އާއި ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށްދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާބެހޭ ގަވާއިދު ގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނުގެ ޑިއުޓީ މައާފް ކުރެވޭ އިންސައްތަ 15 އިންސައްތައަށް އިތުރުކުރުން އަދި ޑިއުޓީ މާފުކުރެވޭ ކެޓަގަރީތައް އިތުރުކުރުން. އަދި، މި ލުއިތަކުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަން ތަރައްޤީކުރުމަށް ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސް، އިކުއިޕްމަންޓް، އިލެކްޓްރޯނިކް އަދި އެމިނިޓީސް ޑިއުޓޯ މައާފް ކެޓެގަރީއަށް އިތުރުކުރުން.
  • އޯޕަން ބިޑިންގ އަށް ހުޅުވާލާ ރަށްތަކާއި ފަޅުތަކުގެ ލީސް އެކުއިޒިޝަން ބަހާލައިގެންދެއްކޭނެ މަގު ފަހިކުރުން.

މި ލުއިތަކުގެ ސަބަބުން މި އަތޮޅުތަކުގައި ޓޫރިޒަމް ފުޅާވެ، މި ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އަދި އާ ވަޒީފާތަކާއި ވިޔަފާރީގެ ފުރުސަތުތައް ފަހިވެ، މި ސަރަހައްދުތަކުގައި ދިރިއުޅޭ އާއިލާތަކާއި ރަށު ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުވުމާއި އިގްތިސާދީ ހަރަކާތްތައް ފުޅާވެގެން ދާނެއެވެ. މީގެ ނަތީޖާ އެއްގެ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފަތުރުވެރިކަމުގެ ސިނާއަތުން ނަފާ ލިބޭނެ މަގުފަހިވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމަކީ އެ މަނިކުފާނުގެ ރިޔާސީ މެނިފެސްޓޯއާއި މި އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ސަރުކާރުގެ ސިޔާސަތުން ކުރައްވާނެ ކަމެއްކަމުގައި ފާހަގަކޮށްފައިވާ ކަމެކެވެ. މި ލުއިތަކާއެކު ހއ، ހދ، ށ، ތ  އަދި ލ އަތޮޅުން 31 ޕްރޮޖެކްޓް އޯޕަން ބިޑިންގ، ކްލޯޒް ބިޑިންގ އަދި ހަލާލް ޓޫރިޒަމް ގެ މޮޑެލްއަށް ހުޅުވާލެވިގެން ދާނެއެވެ.

އެގޮތުން ކޮންމެ އަތޮޅަކުން ހަލާލް ޓޫރިޒަމް ގެ މޮޑެލްއަށް އެއް ޕްރޮޖެކްޓް ކަނޑައެޅިފައި ވާނެއެވެ.

އަދި ކޮލޯޒް ބިޑިންގ ގެ ދަށުން، ހއ އަތޮޅުން 2 ޕްރޮޖެކްޓް، ހދ އަތޮޅުން 5 ޕްރޮޖެކްޓް، ތ އަތޮޅުން 3 ޕްރޮޖެކްޓް ލ އަތޮޅުން 2 ޕްރޮޖެކްޓް ކުރިއަށް ދާނެއެވެ. އޯޕަން ބިޑިންގ ގެ ދަށުން، ހއ އަތޮޅުން 3 ޕްރޮޖެކްޓް، ހދ އަތޮޅުން 5 ޕްރޮޖެކްޓް، ށ އަތޮޅުން 3 ޕްރޮޖެކްޓް، ތ އަތޮޅުން 2 ޕްރޮޖެކްޓް، ލ އަތޮޅުން 1 ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: