ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އިނާޒް އަލުން އައްޔަނުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އެ މަގާމުގައި ކުރިން ވެސް ހުންނެވި ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހްމަދު އިނާޒް އައްޔަންކުރައްވައިފިއެވެ.

ޑރ. އިނާޒް މި މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން ޕެންޝަން އޮފީހުން ވަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔައިފައެވެ.

އޭނާ މި މަގާމަށް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ 2022ވަނަ އަހަރުގެ ޖޫން މަހުގެ 20ވަނަ ދުވަހުއެވެ. ދެވަނަ ފަހަރަށް މި މަގާމަށް އޭނާ އައްޔަން ކުރެއްވީ ތިން އަހަރުގެ ފުރަތަމަ ދައުރު ނިމުމުނެވެ.

ޕެންޝަން އޮފީހުގެ ބޯޑަށް މީހުން އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް އެ ބޯޑުގެ ޗެއާޕާސަން އާއި ބޯޑު މެމްބަރުން އައްޔަންކުރަނީ ސިވިލް ސާވިސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީއާއި ސޯޝަލް ސެކިއުރިޓީގެ ކަންތައް ބަލަހައްޓާ މިނިސްޓްރީއަކުން ގުޅިގެން އުފައްދާ ކޮމިޓީއަކުން ރައީސަށް ފޮނުވާ ނަން ލިސްޓަކުންނެވެ.

އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި:

  • އިގްތިސާދީނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއަށް ތައުލީމު ހާސިލުކޮށްފައިވުން
  • ޕެންޝަން ނުވަތަ އިންވެސްޓްމަންޓް ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ޑރ. އިނާޒް ފިނޭންސް މިނިސްޓަރުކަން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ގަދަކަމުން އެމްޑީޕީގެ ހަރުގެއަށް ވައްދައި ހިންގި ހަމަނުޖެހުމަކަށް ފަހުއެވެ. ޕާޓީއަށް ޚިޔާނާތްތެރިވުމުގެ ތުހުމަތުގައި 2011ވަނަ އަހަރު އެ ހަމަނުޖެހުން ހިންގާފައިވަނީ އެ ޕާޓީގެ އެކްޓިވިސްޓުން ތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: