އިމިގްރޭޝަންގެ ގުދަނުން ވައްކަންކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން މައުލޫމާތު ދެމުން ބުނެފައިވަނީ، އޯކިޑް ބިލްޑިންގައި ހުންނަ، އިމިގްރޭޝަންގެ ގަދުނުން ވައްކަންކުރި ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވަނީ 2025 ޖޫން 26 ވަނަ ދުވަހު ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ި މީހަކު ހައްޔަރުކޮށްފިކަމަށެވެ. އަދި އެތަނުން ވަގަށްނެތި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި އެތަކެތި ބެލުމުގެ ދަށަށް ގެނެވިފައިވަނީ، މި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުގެ ތެރެއިން، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސާމާނުތަކެއް ވިއްކަން މާރުކޭޓު ސަރަހައްދުގައި މީހަކު އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެ ތަކެއްޗަކީ އެ ގުދަނުން ވަގަށް ނަގާފައިވާ ތަކެތިކަން ދެނެގަނެވިފައިވާކަން ފުލުހުން ބުނިއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކުރެވުނީ، ގދ. ތިނަދޫ / ދިލްބަހާރުގެ، އަހުމަދު ނިއުޝަމް (36އ)ކަމަށް ފުލުހުން ބުނެފައިވާއިރު، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށްފަހު، އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެއިތުރުން، އެ ގުދަނުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި، އިންޖޫނު ސްޕެއާޕާޓްސްއާއި އިލެކްޓްރޯނިކް ތަކެތީގެ އިތުރުން އެހެނިހެން ތަކެތި ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

