ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިން އިންޑިއާއިއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިން އިންޑިއާއިއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮފިއެވެ.

މި މަޝްވަރާތައް ކުރިޔަށް ގެންދިޔައީ, އިންޑިއާގެ ކޮމާސް ސެކްރެޓަރީ ސުނިލް ބަރްތްވާލް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގެ ތެރެއިން އިކޮނަމިކް މިނިސްޓްރީގައެވެ.

މިކަމާއި ގުޅިގެން މައުލޫމާތު ދެމުން އިނޮކޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބަރްތްވާލްއާއެކު ކުރިއަށް ދިޔައީ ކާމިޔާބު މަޝްވަރާއެެއްކަމަށެވެ. އެ ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ރޮނގުން ގުޅުން ވަރުގަދަކޮށް، އިގުތިސާދީ އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާ ކުރިކަމަށް ވިދާޅުވިއެވެ.

މީގެ ކުރިންވެސް އިންޑީއާގެ އެކިއެކި އިސްވެރިންނާއިއެކު މިފަދަ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއިއެކުވެސް ސަރުކާރުގެ އެކިއެކި މިނިސްޓަރު ވަނީ މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދަވާފައެވެ.

އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ އެކުގައި ވެސް މިފަދަ މަޝްވަރާތަކެއް ކުރިއަށް ގެންދިޔައެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމާއި ޖެންޑާ މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްތަކާ ގުޅޭ ގޮތުން މި ބައްދަލުވުންތަކުގައި މަޝްވަރާ ކޮށްފައިވެއެވެ.

މީގެ އިތުރުން ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ އިންޑިއާއާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ރާއްޖެއަށް އަންނަ އިންޑިއާގެ ފަތުރުވެރިކަން އިތުރު ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: