ތަޢުލީމީ ޤައުމީ މަންހަޖުގެ ތަޞައްވުރަށް ވާޞިލްވުމަށް އެންމެ ބުރަކޮށް މަސައްކަތްކުރައްވަނީ މުދައްރިސުން ކަމަށް މިނިސްޓްރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2023 – 2024ގެ އިނާމުދިމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ރޭ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2023 – 2024 ގެ އިނާމުދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ރޭ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ޖަލްސާގައި، މިނިސްޓަރ އާދަމް ޝަރީފު ދެއްކެވި ވާހަކައިގައި މިހާރު ޢަމަލުކުރަމުންދާ ތަޢުލީމީ ޤައުމީ މަންހަޖުގެ ތަޞައްވުރަކީ ސުކޫލުނިންމާ ނުކުންނަ ކޮންމެ ދަރިވަރަކީ ދިރިއުޅުމަށް ތައްޔާރުވެފައި ކުއްޖަކަށް ހަދައިދިނުންކަމަށެވެ. އަދި މި ތަޞައްވުރަށް ވާޞިލްވުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރައްވަނީ މުދައްރިސުންކަމަށެވެ. އެހެންކަމުން މުދައްރިސުންގެ މަސައްކަތްތަކަށް އަބަދުވެސް ފަޚުރުވެރިވާންޖެހޭކަމަށާއި، ޝުކުރުއަދާކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މުދައްރިސުންކުރައްވާ ބުރަ މަސައްކަތްޕުޅުގެ އަގުވަޒަންކޮށް ޚާއްޞަ ޝުކުރެއް އެންމެހައި މުދައްރިސުންނަށް އަދާކުރެއްވިއެވެ.
މިނިސްޓަރ ރޭ ދެއްކެވި ވާހަކަފުޅުގައި ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހަރީ ރިޕޯޓުން މުދައްރިސުންނަށް ޓަކައި ފަންނީ ގިނަ ޕްރޮގްރާމުތަކެއް ހިންގައިފައިވާ އެނގިއްޖެ ކަމަށާ، އޯލެވެލް އަދި އޭލެވެލްއިންވެސް 1 ވަނަ ދެ ދަރިވަރުން ހޯދުން އެއީ މުދައްރިސުންނަށް ދެއްވާ ތަމްރީނުގެ ހެޔޮ ނަތީޖާކަމަށް ވިދާޅުވިއެވެ.

