ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުންގެ ގާނޫނަށް ގެންނަން ހުށަހަޅައިފައިވާ އިސްލާހުތަކަކީ ވަރަށް ކަންބޮޑުވުންތައް ހުރި އިސްލާހުތަކެއް: މައުރޫފު

ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރުންގެ ގާނޫނަށް ގެންނަން ހުށަހަޅައިފައިވާ އިސްލާހުތަކަކީ ވަރަށް ކަންބޮޑުވުންތައް ހުރި އިސްލާހުތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ހުށަހަޅުއްވާފައިވާ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި މައުރޫފު ވިދާޅުވީ، މި ބިލުގެ މައިގަނޑު މަގްސަދަކީ ތިން ކޯޓެއްގެ އިސް ފަނޑިޔާރުން ކޮންޓްރޯލުކޮށް، ސަރުކާރުގެ އަތްދަށަށް ގެނައުން ކަމަށެވެ.

ދިވެހިރާއްޖޭގައި އަދުލު އިންސާފު ނުލިބިގެން މިއުޅެނީ، ހަމައެކަނި، ފަނޑިޔާރުންގެ މައްސަލައަކުން ނޫން“ކަމަށް މައުރޫފު ވިދާޅުވިއެވެ. އަދި ކޯޓުން ބޭރުގައި ފަނޑިޔާރުންގެ އުޅުން ބަހައްޓަންޖެހޭ ގޮތް ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށް، ފަނޑިޔާރުން ކޮންޓްރޯލުކުރުމަކީ، އަދުލު އިންސާފު ގާއިމުކުރުމަށް ކުރެވޭނެ ރަނގަޅުކަމެއްކަމަށް ދެކުމަކީ ގޯހެއްކަމަށް ފާހަގަކުރެއްވިއެވެ.

މައުރޫފު ވިދާޅުވިގޮތުގައި، ފަނޑިޔާރުންނާއި ގުޅޭ ގޮތުން ހެދިފައިވާ ގާނޫނުތަކަކީ ފަނޑިޔާރުންނަށް އަމަލުކުރަން ދަތި އަދި މައްސަލަތައް ބަލާހެދުމުގައި އިޖުރާއަތްތައް ދިގު ގާނޫނުތަކެކެވެ. އަދި މައްސަލަތައް ބަލާ ނިންމުމުގައި ފަނޑިޔާރުންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މަދަނީ އިޖުރާއަތުގެ ގާނޫނަކީވެސް، މައްސަލަތައް ބަލާހެދުމުގައި އުނދަގޫވެ، އަދުލު އިންސާފު ލިބުމަށް ލަސްކުރުވާ އަދި ތަންފީޒުކުރަން ދަތި ގާނޫނެއްކަމަށް މައުރޫފު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން، އެތަކެއް މައްސަލަތަކެއް ބަލާ ނިންމުމުގައި ލަސްތަކެއްވެ، ރާއްޖޭގެ މަދަނީ ކޯޓުގައި އެތަކެއް މައްސަލަތައް ފުނިޖެހެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: