އެލީޓް ރަނާސްއިން ބޭއްވި ހުޅުމާލެ ރަންގެ ދެވަނަ އެޑިޝަން ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.
ހުޅުމާލެ ރަންގެ މިފަހަރުގެ ދުވުމުގައި 800 އަށް ވުރެ ގިނަ ދުވުންތެރިން ވަނީ ބައިވެރިފައެވެ. އަދި އެންމެ މަގުބޫލު ދުވުންތެރިންނާއި ބޭރުގެ އެކިއެކި ފަރާތްތަކާއި ކުޑަކުދިންވެސް މި ދުވުމުގައި ވަނީ ބައިވެރިވެފައެވެ. މި ރަން ހެނދުނު 6:00ގައި ފަށާފައިވާ ވަނީ 10 ކިލޯމީޓަރާއި 5 ކިލޯމީޓަރުގެ ރޭހުންނެވެ. އެއް މޭލުގެ ރޭސް ފަށާފައިވަނީ 7:00ގަ އެވެ. ހުރިހާ ރޭހެއްގެ ފެށުމާއި ނިންމުން އޮތީ ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ. އެޗުޑީސީއާ ގުޅިގެން ބޭއްވި މި ރޭހުގައި ހިމެނޭ ކޮންމެ ބަޔަކުން ވެސް ދެ ޖިންސްގެ ދުވުންތެރިންގެ ތެރެއިން ވަނަ ހޮވައި ވަނީ އިނާމުދީފައެވެ.
މި ދުވުން ކުރިއަށް ގެންގޮސްފައިވާ ކެޓަގަރީ ތަކަށް ބަލާއިރު، 10 ކިލޯ މީޓަރުގެ ރަން އަކާއި، 5 ކިލޯ މީޓަރުގެ ރަންއަކާއި އަދި ކިޑްސް 1 މައިލް ރަން ހިމެނެއެވެ. 10 ކިލޯ މީޓަރުގެ ރަންގައި 41 އަހަރުން މަތީގެ އެތުލީޓުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަދި 5 ކިލޯ މީޓަރުގެ ރަންގައި 13-17 އަހަރަށް ބައިވެރިވެވެއެވެ.

އެގޮތުން، 10 ކިލޯމީޓަރުގެ ދުވުމުގެ އޯވަރޯލް ކެޓަގަރީއިން އެއްވަނައަށް 7500 ރުފިޔާ، ދެވަނައަށް 5000 ރުފިޔާ އަދި ތިންވަނައަށް 3500 ރުފިޔާ ވަނީ ދީފައެވެ. އަދި 41 އަހަރުން މަތީގެ ކެޓަގަރީން އެއްވަނައަށް 2000، ދެވަނައަށް 1500 އަދި ތިންވަނައަށް 1000 ރުފިޔާ ވަނީ ދީފައެވެ.
ފަސް ކިލޯމީޓަރުގެ ދުވުމުގެ 13-17 އަހަރުގެ އުމުރުފުރާއިން އެއްވަނައަށް 2000 ރުފިޔާ، ދެވަނައަށް 1500 ރުފިޔާ އަދި ތިންވަނައަށް 1000 ރުފިޔާ ލިބިގެން ދިޔައިރު އަދި އޯވަރޯލް ކެޓަގަރީން އެއްވަނައަށް 3500، ދެވަނައަށް 3000 އަދި ތިންވަނައަށް 2500 ރުފިޔާ ވަނީ ދީފައެވެ.

މިރަންގެ ވަނަތައް ކާމިޔާބު ކުރި ފަރާތްތައް:
ކެޓެގަރީ 1
41 އަހަރުން މަތި ފިރިހެން: 1 ވަނަ: އައްމޫދް، 2 ވަނަ: އިބާން، 3 ވަނަ: މަޑޭ
41 އަހަރުން މަތި އަންހެން: 1 ވަނަ: ހުސީ، 2 ވަނަ: ޝަންސް، 3 ވަނަ: މަޔަން
10ކޭ އޯވަރޯލް ފިރިހެން: 1 ވަނަ: ފްލޭޝް، 2 ވަނަ: އިރޭ، 3 ވަނަ: ރަނިންގ މޯޑް
10ކޭ އޯވަރޯލް އަންހެން: 1 ވަނަ: އީނު، 2 ވަނަ: 9639027، 3 ވަނަ: ހުސީ
މުޅި ކެޓެގަރީން: 1 ވަނަ: ފްލޭޝް، 2 ވަނަ: އިރޭ، 3 ވަނަ: ރަނިންގމޯޑް
މުޅި ކެޓެގަރީން ފިރިހެން: 1 ވަނަ: ފްލޭޝް، 2 ވަނަ: އިރޭ، 3 ވަނަ: ރަނިންގމޯޑް
މުޅި ކެޓެގަރީން އަންހެން: 1 ވަނަ: އީނު، 2 ވަނަ: 9639027، 3 ވަނަ: ހުސީ

ކެޓެގަރީ 2
13-17 އަހަރާއި ދެމެދު ފިރިހެން: 1 ވަނަ: އާއިދު، 2 ވަނަ: މުލްހަމް، 3 ވަނަ: އެމްޒެޑް 45
13-17 އަހަރާއި ދެމެދު އަންހެން:1 ވަނަ: ކްލާރާ، 2 ވަނަ: ޒީކް، 3 ވަނަ: ކިއާރާ
5ކޭ އޯވަރޯލް ފިރިހެން: 1 ވަނަ: އަބްދުﷲ، 2 ވަނަ: އާއިދް، 3 ވަނަ: އުސައިދް
5ކޭ އޯވަރޯލް އަންހެން: 1 ވަނަ: ކްލާރާ، 2 ވަނަ: ޒީކް، 3 ވަނަ: ރިފާ
މުޅި ކެޓެގަރީން: 1 ވަނަ: އަބްދުﷲ، 2 ވަނަ: އާއިދް، 3 ވަނަ: އުސައިދް
މުޅި ކެޓެގަރީން ފިރިހެން: 1 ވަނަ: އަބްދުﷲ، 2 ވަނަ: އާއިދް، 3 ވަނަ:އުސައިދް
މުޅި ކެޓެގަރީން އަންހެން: 1 ވަނަ: ކްލާރާ، 2 ވަނަ: ޒީކް، 3 ވަނަ: ރިފާ

މި ދުވުމުގެ މެއިން ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައި ވަނީ ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އެވެ. މިދުވުމުގެ ސްޕޮންސަރުންނަކީ ކްލިކް ކޮމްޕައުޓާސް އަދި ބެވަރެޖް ޕާޓްނަރ އަކީ ބޮނަކުއާއެވެ. އެލީޓް ރަނާސްގެ ކޯ ފައުންޑަރ ޝަރީފު ވިދާޅުވީ، ”ހުޅުމާލެ ރަން“ ހަރަކާތަކީ، ދުނިޔޭގެ ބައިނަލްއަގްވާމީ ދުވުންތެރިކަމުގެ ފެންވަރުގައި ގެންދާ ހަރަކާތެއް ކަމަށާ ހުޅުމާލޭ ރަންގެ ނަމުން ކުރިޔަށް ގެންދަނީ ދިވެހިރާއްޖޭގެ މައި ސިޓީއެއް ގޮތުގައި ހުޅުމާލެ ޕްރޮމޯޓްކުރުމުގެ ގޮތުންކަމަށެވެ.

