ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަންޏާއި ތަރައްޤީއެއް ނުގުޅުުވޭނެ : ޑރ. ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު އެމްޑީޕީ އައްޑޫ ޖަލްސާގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރަންޏާއި ތަރައްޤީއެއް ނުގުޅޭނެކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. ޝަމްހީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރު ބަޖެޓުގައި ދަރަނި ދައްކަން ކަނޑައެޅި މިންވަރަށްވެސް މިހާރުގެ ސަރުކާރުން ދަރަނި ދައްކާފައި ނުވެއެވެ.

”މިކަމުންވެސް އެނގިގެންދަނީ ދަރަންޏާއި ތަރައްޤީއާ ދެމެދު އެއްވެސް ވަރެއްގެ ގުޅުމެއް ނެތްކަން،“ ޑރ ޝަމްހީދު ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރުން ބުނަމުންދާ ގޮތުގައި ނިމިދިޔަ އެމްޑީޕީ ސަރުކާރުން 60 ބިލިއަން ރުފިޔާގެ ދަރަންޏެއް މި ސަރުކާރުގެ ބޮލުގައި އަޅުވާފައިވާއިރު، މިއަދު މުޅި ޤައުމުގެ ދަރަނި 146 ބިލިއަން ރުފިޔާ ހުރަސްކޮށްފައިވާކަމަށް ޝަމްހީދު ފާހަގަކުރެއްވިއެވެ. އަދި ފާއިތުވި އެއް އަހަރު ތެރޭގައި 22 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް މި ސަރުކާރުން އެމްޑީޕީގެ ބޮލުގައި އަޅުވާފައިވާކަމަށްވެސް ވިދާޅުވިއެވެ.

ޝަމްހީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2023 ވަނަ އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ޕްރޮޖެކްޓްތައް ހިންގުނު އަހަރެވެ. އަދި ރައްޔިތުންނަށް އެންމެ ގިނައިން ފައިސާވެސް ދޫކުރެވުނީ ނިމިދިޔަ ސަރުކާރުގައި ކަމަށް މެމްބަރު ވިދާޅުވިއެވެ. ނަމަވެސް މިހާރުގެ ސަރުކާރުން މިވީ އެއް އަހަރުގެ ތެރޭގައި ދަރަނި ދައްކާފައި އެއްވެސް ވަރަކަށް ޕްރޮޖެކްޓްތަކާއި މަޝްރޫޢުތައް ނުހިންގުނު ސަބަބާމެދު ޑރ ޝަމްހީދު ސުވާލު އުފެއްދެވިއެވެ.

ހަމައެހެންމެ  2023 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ދަރަނި ދެއްކި އަދަދާއި 2024 ވަނަ އަހަރު މި ސަރުކާރުން ދަރަންޏަށް ހޭދަކުރި އަދަދު ދާދި އެއްވަރުކަންވެސް ޝަމްހީދު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: