އެމްބީއެސްއިން މިއަދު ކުރި އިޢުލާނެއްގައި ވަނީ އެމްބީއެސްއަށް ހޮޓްލައިނެއް ހަމަޖައްސާފައި ވަނީ، ޙިދުމަތް ހޯދާ މީހުންނަށް ލުއިފަސޭހަ ކުރުމުގެ މަޤުސަދުގައި ކަމަށެވެ.
މިގޮތުން މޯލްޑިވިއަން ބްލަޑް ސާރވިސަސްގެ ހޮޓްލައިން ނަންބަރަކީ 7333645 އެވެ.
އެމްބީއެސްއިން ބުނީ އެ އިދާރާ ހުޅުވާފައި ހުންނަ ގަޑިތަކުގައި އަލަށް ތައާރަފޮ ކުރެވުނު ހޮޓްލައިން ނަންބަރު މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެ ކަމަށެވެ. އަދި އެ ނަންބަރުން ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށްވެސް މަޢުލޫމާތު ސާފު ކުރެވޭނެ ކަމަށް މޯލްޑިވްސް ބްލަޑް ސާރވިސާސްއިން ބުނެއެވެ.
ރާއްޖޭގައި އިތުރުވަމުންދާ ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް މިސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. ވަކިން ޙާއްޞަކޮށް އަތޮޅުތަކުގެ ރަށްރަށުގައި ތިބި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްތަކެއް ފަށާފައިވާކަން ފާހަގަކުރެވެއެވެ.
މިގޮތުން އެމްބީއެސްގެ ޙިދުމަތްތަކާއި ތެލެސީމިއާ ސެންޓަރު ހުޅުމާލޭ ”އޮރެންޖު ހިޔާ“ގެ 4 ވަނަ ފަންގިފިލާ އަށް ބަދަލު ކުރުމަށްފަހު އޮރެންޖު ހިޔާ ހުޅުވާފައިވަނީ، މިދިޔަ މެއި މަހުގެ ތެރޭގައެވެ.
މި ސެންޓަރުގެ ލެބޯރަޓަރީގައި ލޭ ނެގުމަށް ޚާއްސަ ދެ ފްލެބޮޓޮމީ ސްޓޭޝަން ގާއިމް ކޮށްފައި ވެއެވެ. މީގެ އިތުރުން ޑޯނަރ ސްކްރީނިންގ އަދި ބްލަޑް ކަލެކްޝަން ރޫމެއްވެސް މި ސެންޓަރުގައި ގާއިމް ކޮށްފައި ވެއެވެ.
ތެލަސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޙިދުމަތް ރަނގަޅުކުރުމަށްޓަކައި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޙިދުމަތް ރަނގަޅުކޮށް، ހޮސްޕިޓަލެއްގެ ގޮތުގައި އެ ތަން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

