ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިން ޖޯކަކަށް ހަދައި، އެއްވެސް ވައުދެއް ނުފުއްދި ބަޔަކީ އެމްޑީޕީ: ޝުޖައު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންނަކީ ޖޯކެއްގެ ގޮތުގައި ހަދައި، ރިޔާސީ ވައުދު ފޮތުގައި ހުރި އެއްވެސްކަމެއް ނުފުއްދައި ފަސް އަހަރުގެ ވެރިކަމުގެ ދައުރެއް ނިންމާލީ އެމްޑީޕީކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު ވިދާޅުވީ މަސްވެރިންނަށް ބޮޑެތި ވައުދުތައްވެ ވެރިކަމަށް އައުމަށް ފަހު އެމްޑީޕީއަށް، ރައްޔިތުންނަށް ގެނެވުނު އެއްވެސް ހެޔޮ ބަދަލެއް ނެތްކަމަށެވެ. އެގޮތުން މަސްވެރިންނަށް ހަމަ އަގު ހޯދައިދޭނެކަމަށް ބުނުމާއި، ގޭދޮށު މަސްފެކްޓްރީގެ ވައުދަށްވީ ކިހިނެއްތޯ ޝުޖާއު ސުވާލު އުފެއްދެވި އެވެ.

ޝުޖާއު ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި، އަމަލީ ގޮތުން ހައްލެއް ގެނެސްދިނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އެގޮތުން މަސްވެރިން ބާނާ މަހަށް ފައިސާ ނުދީ ހުރުމުގެ ސަބަބުން ބޮޑު ބެކްލޮގެއް އަރާފައިވާތީ، އެ އަދަދު އެއްކޮށް ކްލިއަރ ކުރީ ވެސް މި ސަރުކާރުންކަމަށް ޝުޖާއު ވުދާޅުވި އެވެ.

ބޮޑުކަންނެލި މަސްވެރިންގެ އެތައް ޝަކުވާއެއް ރައީސް މުއިއްޒާއި ހަމައަށް ގެނެސް ބައްދަލުންތައް ބޭއްވިއިރު ހަމަ އެ މޭޒުގައި، ކެންދޫ ދާއިރާގެ މެމްބަރު މައުފޫފް ޒާކިރު ހުންނެވިކަން ޝުޖާއު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އެ ދުވަހު ބޮޑު ކަންނެލި މަސްވެރިކަމުގެ ޔޫނިއަންގެ ފަރާތުން ދެއްކި ހުރިހާ ވާހަކައެއް ވެސް މައުރޫފަށް ސާފުވާނެކަމަށެވެ.

ޝުޖާއު ވިދާޅުވީ ލޭނު އެޅުމުގެ ސިޔާސަތާއި ސަރުކާރުން ދުރުވީ، އެ ޔޫނިއަންގެ އެދުމުގެ މަތީންކަމަށެވެ.

އެހެންވީމަ މިއީ ކަންފަތް ބީރު، ލޯކަނު ސަރުކާރެއްގެ ގޮތުގައި ދެއްކުމަށްޓަކައި މަސައްކަތް ކުރުމަކީ އެއީ ހިތާމަހުރިކަމެއް.. އަޅުގަނޑުމެން ޖޯކަކަށް ނަހަދަން.. މަސްވެރި ސިނާއަތް ޖޯކަކަށް ހެދީ އެމްޑީޕީގެ ވެރިކަމުގައި.. މަސްވެރިންނަށް 100 މޭލު ބޭރުގައި ޕްލެޓްފޯމު ހަދައި ބޮޑުކަންނެލި ކިރޭނެ ގޮތުގެ ވައުދު ރިޔާސީ އިންތިހާބުގައިވީ..

2018 ގެ އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައި ހުރި ބައެއް ކަންކަން ނަންގަވައި ޝުޖާއު ވިދާޅުވީ، މަސްވެރިންނަށް 100 މޭލު ބޭރުގައި ޕްލެޓްފޯމް ހަދައި ބޮޑުކަންނެލި ކިރޭނެ ގޮތުގެ ވައުދު އެމްޑީޕީވިކަމަށެވެ. އަދި އެ ޕްލެޓްފޯމުގައި މަސްވެރިންނަށް އެކުގައި ވަގުތު ހޭދަކުރެވޭނެކަމަށް ބުނި ނަމަވެސް އެކަން ނުވެ ފަސް އަހަރު ނިމިގެން ދިޔައީކަމަށް ޝުޖާއު ވިދާޅުވި އެވެ.

މި ސަރުކާރުން މަސްވެރިން ނަގަނީ، ޖޯކެއްގެ ގޮތުގައިކަމަށް ނުބުނެވޭނެކަމަށާއި މަސްވެރިން ޖޯކަރުންނަށް ހެދީ އެމްޑީޕީކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތަށް ހުޅުމާލޭގައި ބޮޑުކަންނެލި އެކްސްޕޯޓު ކުރާ ފަރާތްތަކަށް ޕެކިންގ ހެދުމަށް ބިން ކަނޑައެޅި އޭގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: