ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ކައުންސިލްތަކުގެ ބާރު ކަނޑުވާލާކަށް ނޫޅޭ، ބޭނުން ވަނީ ރައްޔިތުންނަށް ފައިދާ ވާން: ފަޒާދު

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ނިޒާމު ވަރަށް ފުޅާކޮށް މާނަކުރެވޭއިރު، ކައުންސިލްތަކަށް ދޫކުރާ ފައިސާއާއި ބްލޮކް ގްރާންޓަކީ ހެޔޮ ގޮތުގައި ރައްޔިތުންނަށް ކުރާ ހޭދައަކަށް ވާންޖެހޭކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވެއްޖެ އެވެ.

ފަޒާދު މިފަދައިން ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައި ވަނިކޮށެވެ. ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވާފައިވާ އެ ގަރާރުގައި ވަނީ ގާނޫނަށް ގެނައި އިސްލާހުތަކާއި އެކު ނިޒާމުގެ ސަބަބުން ރައްޔިތުންނާއި، ރަށްތަކަށް ލިބުނު ކުރިއެރުމެއް ނެތްކަމަށެވެ. އަދި ތަރައްގީގެ ރޮނގުން ހެޔޮ ބަދަލުތަކެއް ފެނިފައި ނުވާއިރު، ރަށްތަކުގެ އިދާރީ ހިންގުމުގެ އިސްވެރިންގެ ގޮތުގައި ސިޔާސީ ޕާޓީތަކުގެ ނުފޫޒު ގަދަ ބަޔަކު އިންތިހާބު ކުރާ ނިޒާމަކަށް، މި ނިޒާމު ވެގެން ގޮސްފައިވާކަމަށް ގަރާރުގައި ވަނީ ބުނެފަ އެވެ.

ގަރާރު ބަލައިގަނެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފައި ވާތީ، އިދިކޮޅުން ސިފަ ކުރާ ގޮތުން މިއީ ކައުންސިލްތަކުގެ ބްލޮކް ގްރާންޓު ކަނޑާލައި މެމްބަރުންގެ އަދަދު މަދު ކުރުމަށް ކުރާ މަސައްކަތެކެވެ. އަދި ފަހަކަށް އައިސް ސަރުކާރުގެ މެމްބަރުން އެންމެ ގިން ފާހަގަކުރަމުން ދަނީ، ކައުންސިލްތަކުގެ ބްލޮކް ގްރާންޓާއި ގުޅުން ހުރި ވާހަކަތަކެއްކަމަށް ވާތީ، އެ ފައިސާ ނުދީ ހިފެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް އެމްޑީޕީ ވަނީ ތުހުމަތުކޮށްފަ އެވެ.

ސަރުކާރުން ބޭނުން ވަނީ ކައުންސިލް މެމްބަރުންގެ އަދަަދު މަދުކޮށް، ބްލޮކް ގްރާންޓުގެ އުސޫލަށް ބަދަލު ގެނައުމަށްތޯ ސުވާލު ކުރުމުން ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ފަޒާދު ވިދާޅުވީ ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ އަދަދު ބޮޑުވެގެން އެކަމާ ކަންބޮޑުވެގެން އެއްވެސް ބަޔަކު ނޫޅޭކަމަށެވެ. އެހެން ނަަމެވެސް ބްލޮކް ގާރާންޓު ފައިސާގެ ގޮތުގައި، ކައުންސިލްތަކަށް ލިބޭ އަދަދާއި އޭގެއިން ކުރަނީ ކީއްތޯ ރައްޔިތުންނަށް އެނގޭތޯ ފަޒާދު ސުވާލު އުފެއްދެވި އެވެ.

ފަޒާދު ވިދާޅުވި ގޮތުގައި ގިނަ ކައުންސިލްތަކުން ބްލޮކް ގްރާންޓު ފައިސާ އެކައުންޓުތަކުގައި ބްލޮކްކޮށް، އެއްވެސް ވަރަކަށް ރޯލް ނުކުރެ އެވެ. އަދި އެގޮތަށް ހުރި ޖުމްލަ ބްލޮކް ގްރާންޓުތައް ބޭނުން ނުކޮށް، ގިނަ ފަހަރަށް ރަށުގެ ކަންކަމުގައި ދައްކަނީ ބަޖެޓުގެ ދަތިކަންކަމަށް ފަޒާދު ވިދާޅުވި އެވެ. މިއީ ހުރިހާ ކައުންސިލަކާއި ގުޅުން ހުރި ވާހަކައެއް ނޫން ނަމަވެސް، ޖުމްލަކޮށް އުސޫލެއް ލިޔެވި ހައްލެއް ގެންނަން ޖެހޭކަމަށް ފަޒާދު ވިދާޅުވި އެވެ.

ފަޒާދު ވިދާޅުވީ ބްލޮކް ގްރާންޓު ފައިސާ ކައުންސިލަކުން ހޭދަ ކުރާނީ ކޮން ކަންތައްތަކަށްކަން ބަޔާން ކުރަން ޖެހޭކަމަށެވެ. އޭގެ ސަބަބަކީ ރައްޔިތުންނަށް ހަގީގީ މަންފާ ނުލިބުންކަމަށް ފަޒާދު ވިދާޅުވި އެވެ.

ގާތްގަނޑަކަށް މި ރާއްޖޭގައި ސާކިއުލޭޓުވާ މި ފައިސާގެ 3 މިލިއަނެއް ހާ ރުފިޔާ އިންނަނީ ކައުންސިލުތަކުން އެކައުންޓުން ހިފެހެއްޓެފައި، އެ ދައުރެއް ނުވޭ..  ބައެއް ކައުންސިލުތަކުގައި މި ޑެފިސިޓްކޮށް އަނެއް ބަޔަކު ސާޕްލަސްކޮށް މި މަސައްކަތް ކުރަނީ..

ލާމަރުކަޒީ ނިޒާމު ކައުންސިލްތަކަށް ބޮޑެތި ބާރުތައް ވެސް ލިބިދީފައިވާކަން ފަޒާދު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ދާއިރާގެ ތަރައްގީއަށް އެކި މަސައްކަތްތައް ކުރަމުންދާ ކައުންސިލްތައް ހުރިއިރު އެކި ގޮތްގޮތުން ބޭކާރު ހަރަދުތައް ކުރާ ކައުންސިލްތައް ވެސް އެބަހުރިކަމަށެވެ. އެގޮތުން އޮޑިޓު ރިޕޯޓުތަކުން ބައެއް މައްސަލަތައް ފެންމަތިވެގެން އައުމަށް ފަހު، ފިޔަވަޅު އެޅުމުން އެއީ ޑޮމޮކްރަސީއާއި ލާމަރުކަޒީ ނިޒާމަށް ދޭ ހަމަލާއެއްކަމަށް ބައެއް މީހުން ދެކޭކަމަށް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ސިޔާސީ ޕާޓީތަކުން ދަނީ ތައްޔާރުވަމުންނެވެ. އަދި އެމްޑީޕީ ވެސް ދަނީ ދަތުރުތައް ފަށައި، އިންތިހާބާއި ގުޅޭ ރޯޑް މެޕްއެއް އެކުލަވާލާފަ އެވެ.

އިންތިހާބު ކައިރިވެފައި އޮތް ނަމަވެސް، އޭގެ ކުރިޔަށް ގާނޫނަށް ބަދަލު ގެންނާނެކަން ނުވަތަ ނޫންކަން އަދި ސާފެއް ނޫނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: