ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިހާބު އެއްކޮށްލުމަކީ އެންމެ ފައިދާ ހުރި ގޮތްތޯ ނިންމާނީ ރައްޔިތުން: ހުސްނީ

ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަކީ ގައުމަށް އެންމެ ފައިދާ ހުރި ގޮތްތޯ ކަނޑައަޅައި، ގޮތް ނިންމުން އޮތީ ރައްޔިތުންގެ އަތް މަތީގައިކަމަށް މަނަދޫ ދައިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކުރުމަށާއި، ރިޔާސީ ދައުރު ފެށޭ ތާރީހަކީ ނޮވެމްބަރު 11 ކަމަށް ބަދަލު ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ ގޮތަށް ވަނީ ނިންމާފަ އެވެ. އޭރު އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ތެރެއިންނާއި، ސިޔާސީ ނުފޫޒަށް ބަލައި ދެ އިންތިހާބު އެއްކޮށްލަން ޖެހޭކަމަށެވެ. ދެ އިންތިހާބު އެއްކޮށްލުމުގެ ވާހަކަ މިވަގުތު ނުދެކެވުނު ނަމަވެސް، ހިނގަމުން މިދާ މަޖިލީހުގެ ދައުރަށް ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިތ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމުގެ އަޑު ފެތުރުމަށް ފަހު އެ ވާހަކަތައް އަނެއްކާވެސް ވަނީ މަޑުޖެހިފަ އެވެ. މި ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެނަނަ ވޯޓަކަށް ދިއުމާއި ގުޅޭ ބިލު މި ދައުރަށް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި ޖޭގައި ޑިމޮކްރަސީގެ އުސޫލުތައް ތަންފީޒު ކުރަން މަސައްކަތް ކުރާއިރު ޑިމޮކްރަސީގެ ހަމަތަކާއި ރައްޔިތުންގެ ބާރުވެރިކަން އަދި ގާނޫނީ ވެރިކަން ދެފުއް ފެންނަ ނިޒާމު ފުރިހަމަ ކުރަން ޖެހެ އެވެ.

އިންތިހާބުތައް އެއްކޮށްލުމާއި ގުޅޭގޮތުން ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮހްރާމުގައި ހުސްނީ ވިދާޅުވީ މި ބަދަލުގެ ސަބަބުން މިހާރު ދައުލަތުގެ ބަޖެޓުން ކުރާ ހޭދައަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެކަމަށެވެ. ހުސްނީ ވިދާޅުވީ މިއީ ވަކި ބައެއް ނުވަތަ ހާއްސަކޮށް ޕީއެންސީގެ ފައިދާއަށް ވިސްނައި ގެންނަ ބަދަލެއް ނޫން ކަމަށެވެ. އަދި އެ ނިންމުން އެގޮތަށް ގެނެވެން އޮތީ ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސް، ރައްޔިތުން އެގޮތަށް ނިންމާ ހާލަތެއްގައިކަން ހުސްނީ ފާހަގަކުރެއްވި އެވެ.

ހުސްނީ ވިދާޅުވީ ރައްޔިތުން ކޮންމެ ކޮޅަކަށް ބުރަވީ ނަމަވެސް، އެއީ އެންމެ ފައިދާ ހުރި ގޮތްކަމަށެވެ. އަދި ރައްޔިތުން ނިންމާނީ ވެސް އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލު ކުރާކަމަށް ވިދާޅުވި އެވެ.

ހުސްނީ ވިދާޅުވީ ރައްޔިތުންގެ ވޯޓުން ގޮތް ނިންމާ އިރު، އެކަން ކުރަނީ ޑިމޮކްރަސީގެ ހަމަތަކުގެ މަތީން ކަމަށެވެ.

އަޅުގަނޑުމެން ގަބޫލުކުރީ މި ބަދަލު އެގޮތަށް ގެނެއްސިކަމަށް ވާ ނަމަ ވަރަށް ބޮޑުތައް ހަރަދު ކުޑަކުރެވިގެން އެބަދޭޔޭ.. އެއް ކަމެއްގެ ގޮތުގައި.. އިންތިހާބުތައް ބޭއްވުމަށް ޓަކައި ބޮޑު ހަރަދެއް ކުރަން ޖެހޭ އެހެންނަމަވެސް މި ބަދަލަކީ ޕީއެންސީ ބޭނުންވާ ގެނެވޭނެ ބަދަލެއް ނޫން.. އަޅުގަނޑުމެން ރައްޔިތުން މަޖިލީހުން ގެނެވޭނެ ބަދަލެއް ނޫން.. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުށަހަޅަން މިޖެހެނީ.. އެހެންވީމާ އަޅުގަނޑުމެން އެ ވާހަކަ މި ދައްކަނީ ރައްޔިތުންގެ ތާއީދާއެކީގައި އެ ބަދަލު ގެނެވޭނީ..

މީގެއިތުރުން ހުސްނީ ވިދާޅުވީ ފާއިތުވެ ދިޔަ މަޖިލިސް ދެ އިންތިހާބަށް ބަލާއިރު ވެސް ކޮންމެ ފަހަރަކު ވެސް މެޖޯރިޓީ ދެނީ އޭރަކު އޮންނަ ސަރުކާރަކަށްކަމަށެވެ. އެއީ މެނިފެސްޓޯއަކާއި އެކު ސަރުކާރެއް އުފެދިގެން އަންނާތީ އެކަންކަން ތަންފީޒުވުމަށް ރައްޔިތުން ބޭނުންވާތީކަމަށް ވެސް ހުސްނީ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ފަހު ސަރުކާރު އުފެދި، މަޖިލިސް އިންތިހާބު އޮންނަނީ ހަ މަސް ދުވަހުގެ ތެރޭގަ އެވެ. އެކަމާއި ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ވާނީ، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބޭއްވުން ކަމަށެވެ.

މީގެއިތުރުން ޕްރިފެރެންޝަލް ވޯޓިންއަކަށް ނުވަތަ، އެއްބުރުން ރައީސަކު ކަނޑައެޅުމަކީ ވެސް ރައީސްގެ ވިސްނުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެކަމާއި ގުޅޭގޮތުން ވެސް ރައްޔިތުންގެ ފެންނަ ނުފެނަނަ ވޯޓަކަށް ދާން ޖެހޭއިރު، މި ދައުރަށް އެ ބިލު ހުށަހަޅުއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: