ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ބޮޑަށް ވެފައިތިބީ ބިދޭސީ މަސައްކަތްތެރިން: އެންޓި-ޓްރެފިކިންގ އިންޕާސަންސް އޮފީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ބަލާއިރު އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ބޮޑަށް ވެފައިތިބީ ބިދޭސީ މަސައްކަތްތެރިން ކަމަށް އެންޓި-ޓްރެފިކިންގ އިންޕާސަންސް އޮފީހުން ބުނެފިއެވެ.

އެންޓި-ޓްރެފިކިންގ އިންޕާސަންސް އޮފީހުން މައުލޫމާތު ދެމުން ބުނެފައިވަނީ އިންސާނީ ވަގުފާރީއަކީ އިންސާނުން އަޅުވެތި ކުރުން ނުވަތަ މޮޑާން ސްލޭވަރީއެއް ކަމަށެވެ. މީހަކަށް ބިރުދައްކައިގެން މީހަކަށް މަޖުބޫރުކޮށްގެން، އޭނާއަށް އޮޅުވައިލައިގެން ނުވަތަ މަކަރު ހަދައިގެން އެމީހަކު އެއްތަނުން އަނެއް ތަނަށް ގެންދިއުމަކީވެސް އިންސާނީ ވަގުފާރި ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

އިންސާނީ ވަގުފާރީގެ ތެރޭގައި މީހުންގެ ނާޖާއިޒް ފައިދާ ނެގުމާއި، މީހުންނަށް އަނިޔާ ކުރުމާއި މިފަދަ ކަންކަން ހިމެނޭ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. އެ އޮފީހުން ބުނެފައިވަނީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ކޮންމެ މީހެއްވެސް ވެދާނެ ކަމަށެވެ. ރާއްޖެއަށް ބަލާއިރު އެކަމުގެ ޝިކާރައަށް ބޮޑަށް ވެފައިތިބީ ބިދޭސީ މަސައްކަތްތެރިން ކަމަށް ވަނީ ބުނެފައެވެ.

މިކަމުގެ ޝިކާރައަށް ވެފައިތިބޭ މީޙުންގެ އަމަލުތަކުން އެކަން ފާހަގަކުރެއްވިދާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން އެމީހަކީ އާއްމުކޮށް މަސައްކަތްކުރާ ވަރަށްވުރެ ގިނަ ގަޑިއިރު މަސައްކަތް ކުރުމާއި، މަޖުޞުރު ހާލަތެއްގައި މަސައްކަތް ކުރުވުމާއި، އެމީހެއްގެ ފަރާތުން އަނިޔާގެ ނިޝާންތައް ފެނުމާއި، އެމީހަކު ބަންދުކޮށްގެން ގެނގުޅޭ މީހަކަށް ވެދާނެ ކަމަށެވެ.

އިންސާނީ ވަގުފާރީގެ ބާވަތްތަކުގެ ތެޜޭގައި ގަދަކަމުން މަސައްކަތް ކުރުވުން، ސެކްޝުއަލް އެކްސްޕްލޮއިޓޭޝަން އަދި ޗައިލްޑް އެކްސްޕްލޮއިޓޭޝަން ހިމެނެއެވެ.

އެ އޮފީހުން ބުނެފައިވަނީ މިފަދަ އަމަލުތަކެއްގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުން އެކަން ވީއެންމެ އަވަހަކަށް ރިޕޯޓު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިކަންކަން ވީހާވެސް މަދުކޮށް އަމާން ވެއްޓެން ގާއިމްކުރުމަށްޓަކައި ހޯމް މިނިސްޓްރީގެ ދަށުން މިފަދަ ކަންކަމަށް ހާއްސަކުރެވިފައިވާ އޮފީސްތަކުން އަބަދުވެސް މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: