ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބާ ބެހޭ އެކި ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހޭލުންތެރި ކުރުމުގެ ދެވަނަ ޕްރޮގްރާމް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބާ ބެހޭ އެކި ކަންކަމާ ގުޅޭގޮތުން މުޖުތަމައު ހޭލުންތެރިކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަތޮޅު ތެރޭގައި ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ދެވަނަ ވަނަ ތަމްރީން ޕްރޮގުރާމް ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ހޭލުންތެރިކުރުމުގެ ސިވިކް ޕްރޮގުރާމްތައް ކުރިއަށްގެންދިއުމުގެ ބޭނުމަކީ އިންތިހާބުތަކުގެ ކަންތައްތައް ހިނގާގޮތާއި އިންތިހާބުގެ މަގުސަދާ ގުޅޭގޮތުން މައުލޫމާތުދީ ރައްޔިތުން ހޭލުންތެރިކުން ކަމަށެވެ. އަދި ޑިމޮކްރަސީ ނިޒާމަށް ރައްޔިތުން އަހުލުވެރިކުރުމަށާއި އިންތިހާބީ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަކީވެސް މަގުސަދެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އިންތިހާބާ ބެހޭ އެކި ކަންކަމާ ގުޅޭގޮތުން މުޖުތަމައު ހޭލުންތެރިކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަތޮޅު ތެރޭގައި ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ދެވަނަ ވަނަ ތަމްރީން ޕްރޮގުރާމް ހދ. ހަނިމާދޫގައި ފަށައިފިއެވެ.

މި ޕްރޮގުރާމްގެ ތެރެއިން ޑިމޮކްރަސީގެ ތައާރަފާއި އަސާސްތަކާއި ދައުލަތުގެ 3 ބާރާއި ހައްގުތަކާއި ބައިވެރިވުމާއި ގައުމިއްޔަތާ ގުޅުންހުރި މައުލޫތަކަށް މައުލޫމާތު ދެވޭނެކަމަށް އީސީން ބުނެފައވެއެވެ. އަދި ޒިންމާ ނެގުމާއި ޖަވާބުދާރީވުމާއި އިންތިހާބުތަކާއި އިންތިހާބުތައް ކުރިއަށްގެންދާ ގޮތާއި ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ނިޒާމާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ބައިވެރިންނާ ހިއްސާކުރެވޭނެކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.

މި ޕްރޮގުރާމްގައި ހަނިމާދޫއަށް ނިސްބަތްވާ ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި ކުންފުނިތަކާއި ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތަކުގައި ހިމެނޭ މީހުންނާއި އަާންމު ރައްޔިތުން ބައިވެރިވެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މިފަދަ ސިވިކް ޕްރޮގުރާމެއް މިދިޔަ މޭ މަހުގެ ތެރޭގައި ލ. ފޮނަދޫގައިވެސް ކުރިއަށްގެންގޮސްފައެވެ.

މިދިޔަ ރިޔާސީ އިންތިހާބަށް ބަލާއިރު ވޯޓު ނުލާ މީހުންގެ ނިސްބަތް ގިނަކަން ވަނީ ފާހަގަވެފައެވެ. އަދި އިންތިހާބު ތަކުގައި ވޯޓުލާ މީހުންގެ ނިސްބަތަށް ބަލާއިރުވެސް އަހަރަކަށް ވުރެ އަހަރެން އެ އަދަދު ދަށްވަމުން އަންނަކަން ފަނީ ފާހަގަކުރެވިަފއެވެ. އެހެންކަމު ްމިފަދަ ސެޝަންތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: