ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމުޢިއްޔަތުލް ފަލާޙްގެ ޤުރުއާން ކިޔެވުމުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޖަމުޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މި ރަސްމިއްޔާތުގައި ޖަމުޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ ހަނދާނީ ފިލާ އެމަނިކުފާނަށް ވަނީ އަރުވާފައެވެ. އަދި މުޅި މުބާރާތުން ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސްއެވެ.

ޖަމުޢިއްޔަތުލް ފަލާޙަކީ ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމާއި، ތަޢުލީމު އުނގަންނައިދިނުމުގެ ފަޚުރުވެރި ތާރީޚެއް އޮންނަ ޖަމުޢިއްޔާއެކެވެ. ފަލާޙް ޕްރީސްކޫލާއި ފަލާޙް ޤުރުއާން ކުލާސްވެސް ހިންގާ މި ޖަމުޢިއްޔާއިން ހިންގާ ޤުރުއާން މުބާރާތަކީ ދިވެހިރާއްޖޭގައި، މެދުކެނޑުމެއް ނެތި ބާއްވަމުންއަންނަ އެންމެ ގިނަދުވަސްވީ ޤުރުއާން މުބާރާތެވެ.

ކީރިތި ޤުރުއާނުގެ ޢިލްމާއި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވާ ކަމެކެވެ. އެގޮތުން މި ހިނގާ ޖުލައި މަހުން ފެށިގެން، ރާއްޖޭގައި ޙާފިޒުންނަށް ދޭ އެލަވަންސް ވަނީ ދެ ގުނައަށް އިތުރުކުރައްވާފައެވެ. މީގެ އިތުރުން ކީރިތި ޤުރުއާނާއި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށް މާލީ ތަނަވަސްކަން ދެމެހެއްޓެނި ގޮތެއްގައި ލިބެމުންދާނޭ މަގު ފަހިކުރުމުގެ ގޮތުން، ވަޤުފް ޢިމާރާތްތައް ބިނާކުރެއްވުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: