ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާރޕޯޓްގެ އައު ޓާމިނަލް ކުރިމަތިން އަލަށް ހަދާފައިވާ މަގުން ދުއްވާފައި ދިޔަ ކާރެއް އަރިއަޅާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގެ އައު ޓާމިނަލް ކުރިމަތިން އަލަށް ހަދާފައިވާ މަގުން ދުއްވާފައި ދިޔަ ކާރެއް އަރިއަޅާލައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ޓާމިނަލްގެ ކުރިމަތިން އަލަށް ހުޅުވި މަގުން ދުއްވާފައިދިޔަ ކާރު ކުރިން ބޭނުން ކުރަމުން އައިމަގަށް އަރިއަޅާލައިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 23:45 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގިއިރު ކާރުގައި 4 މީހުން ތިބިކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ގެންދަނީ މިކަމުގައި ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

ވީއައިއޭއަށް ވަންނަ މައި މަގު އެއްވަރު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ނިންމައި އެކަމުގެ މަސައްކަތްތަށް ފަށާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. މަގު ހެދުމުގެ މަސައްކަތް ކުރިއށް ގެންދަނީ 4 މަރުހަލާއަކަށް ބަހާލައިގެންނެވެ. މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދާނީ މާދަމާގެ ނިޔަލަށެވެ.

މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކޮންމެ ދުވަހެއްގެވެސް 9:00 އަކުން ފެށިގެން ހެނދުނު 6:00 އާއި ހަމައަށެވެ. ކުރިން ބޭނުން ކުރަމުން ގެންދިޔަ މަގާއި އައު މަގުގެ ލެވަލް ހުންނަނީ ތަފާތުކޮށެވެ. އެއާޕޯޓްގެ ޓާމިނަލް ހުޅުވުމަށް އެ ސަރަހައްދުގައި އާ މަގުތައް ހަދައި އެތަން ޒީނަތްތެރި ކުރުމުގެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނައިރު އެއާޕޯޓްގެ ޓްރެފިކް ފްލޯއަށް ދޭތެރެ ދޭތެރެއިން ބަދަލުގެނެ އެވެ. އެކަންކަމަށް ސަމާލުވުމަށް ފުލުހުން މީގެ ކުރިން އިލްތިމާސް ވެސް ކޮށްފައިވެ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: