ދުނިޔޭގެ ކުރިއަރާފައިވާ ކުންފުންޏެއްގެ ޓީމެއް އަންނަ ހަފްތާގައި ފެލިވަރަށް ޒިޔާރަތް ކޮށް، އާ ކޮންޓްރެކްޓް ތަކަށް އެއްބަސްވެވޭނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު ވިދާޅުވެއްޖެއެވެ.
ފަރުހަތު އެފަދައިން ވިދާޅުވީ މިފްކޯގެ އޮޕަރޭޝަންތައް ހިނގަމުންދާ ގޮތާމެދު އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އެކަމާ ގުޅޭގޮތުން ”ސަންގު“ އާ ވާހަކަ ދައްކަވަމުން ފަރުހަތު ވިދާޅުވީ، މިފްކޯގެ އޮޕަރޭޝަންތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި، ފެލިވަރުގައިވެސް މަސް ބަންދު ކުރުމުގެ ޤާބިލިއްޔަތުކަން އިތުރު ކުރެވިފައިވާ ކަމަށެވެ.
މިފްކޯގެ އޮޕަރޭޝަންތައް ދަނީ ފުލް ސްޕީޑުގައި ހިނގަމުން. ފެލިވަރުގައި މަސްބަންދު ކުރުމުގެ ކެޕޭސިޓީ ވަނީ އިތުރު ކުރެވިފައި. އަދި ދުނިޔޭގެ ލީޑިންގ ކުންފުންޏެއްގެ ޓީމެއް އަންނަ ހަފްތާގައި ފެލިވަރަށް ޒިޔާރަތް ކޮށް، އާ ކޮންޓްރެކްޓް ތަކަށް އެއްބަސްވެވޭނެ.
މީގެ އިތުރުން، ދުނިޔޭގެ ލީޑިންގ ކުންފުންޏެއްގެ ޓީމެއް އަންނަ ހަފްތާގައި ފެލިވަރަށް ޒިޔާރަތް ކޮށް، އާ ކޮންޓްރެކްޓް ތަކަށް އެއްބަސްވެވޭނެކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.
ހަމައެއާއެކު، އާންމުކޮށް މިދުވަސްވަރުގައި ހުންނަ މަސްވެރިކަމަށް ވުރެ ހުވަދޫގައި މަސްވެރިކަން މާ ރަނގަޅު ވުމުގެ ސަބަބުން މަސްވެރިންނަށް ދަތި ނުވާނޭ ގޮތުގެ މަތިން ބޯޓު ހޯދައި، އެކްސްޕޯޓުކުރުމުގެ އިންތިޒާމުތައްވެސް ހަމަޖައްސަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
މިފްކޯއަކީ މަސްވެރިކަމުގެ ސިނާޢަތުގައި ލީޑްކުރާ ފައިދާ ކުރަނިވި ކުންފުންޏަކަށް ހެދޭނެ ކަމަށް ފަރުހަތު ވަނީ ވިދާޅުވެފައެވެ. މިކަން ހާސިލްކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާ ފަރުހަތު ވިދާޅުވީ ކަމާއި ގުޅުންހުރި ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތުން މި އަމާޒަށް ވާސިލްވެވޭނެކަން ޔަޤީންކުރައްވާ ކަމަށެވެ. އޭނާ ވަނީ މިފްކޯގެ މިހާރު އޮތް ހާލަތު ބަދަލުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

