ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިލުތައް ފާސްކޮށް ތަސްދީގު ކުރުމުގެ ކުރިން، ގާނޫނީ ލަފާދިނުމުގެ ހުރިހާ މަސައްކަތެއް ލީގަލް ޑިޕާޓްމަންޓުން ކުރޭ: އޭޖީ އޮފީސް

ބަންޑާރަ ނައިބު އަހްމަދު އުޝާމް/ ފޮޓޯ: ރަީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލުތައް ތަސްދީގު ކުރުމުގެ ކުރިން، ގާނޫނީ ލަފާ ދިނުމުގެ އެކިއެކި މަސައްކަތްތައް ލީގަލް އެފެއާޒް ޑިޕާޓްމަންޓުން ގަވައިދުން ކުރިޔަށް ގެންދާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.

އޭޖީ އޮފީހުން މިހެން ބުނެފައި ވަނީ، ކޮންމެ މަހަކު ވެސް އާންމު ކުރާ މަސައްކަތުގެ ތަފާސްހިސާބު ރިޕޯޓުގަ އެވެ.

ބިލުތައް ފަރުމާކޮށް، މަޖިލީހަށް ބިލުތައް ހުށަހެޅުމުގެ ޒިންމާ ވެސް އޮންނަ އޭޖީ އޮފީހުން މިދިޔަ މަހުގެ ތެރޭގައި ގާނޫނީ ލަފާ ދިނުމުގެ އެކި ޕްރޮގްރާމްތައް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ. ސަރުކާރުގެ ފަރާތުން ހުށަހަޅައި މިދިޔަ ދައުރުގައި މަޖިލީހުން ގިނަ ބިލުތައް ވަނީ ފާސްކޮށްފަ އެވެ.

އޭޖީ އޮފީހުގެ މިދިޔަ ޖޫން މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖޫން މަހު އެ އޮފީހުން ވަނީ 7 މައްސަލައެއް ކޯޓަށް ހުށަހަޅައި 147 އަޑުއެހުމެއްގައި ބައިވެރިވެފަ އެވެ.

އޭޖީ އޮފީހުން ބުނި ގޮތުގައި ޖޫން މަހު 82 މައްސަލައަކަށް ގާނޫނީ ލަފާ ފޯރުކޮށްދީފައި ވާނެ އެވެ. އަދި ސަރުކާރާއި ދައުލަތަށް ގާނޫނީ ކަންކަމުގައި ބޭނުންވާ ލަފާ ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދެވުނެވެ.

މީގެއިތުރުން ސަރުކާރުގެ އޮފީސްތަކުން އެކުލަވާލާ ގަވައިދުތަކުގެ ދެލިކޮޕީތައް ބަލައި އެ ގަވައިދުތަކަށް އަމަލު ކުރަން ފެށުމާއި ބެހޭގޮތުން ގާނޫނީ ލަފާ ވަނީ ފޯރުކޮށްދީފައިވެއެވެ. އަދި ބުނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުގެ ކުރިން ގާނޫނީ ލަފާދިނުމުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔައީ ބަންޑާރަ ނައިބުގެ އޮފީހުގެ ލީގަލް އެފެއާޒް ޑިވިޜަންއިން ކަމަށެވެ.

ލީގަލް އެއިޑުގެ މަސައްކަތްތަކުގެ މައުލޫމާތު ދެމުން އޭޖީ އޮފީހުން ބުނީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް، 22 ފަރާތަކަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: