ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަލާވީގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ހަލީލު ތަހުނިޔާ ފޮނުއްވައިފި

ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް.
ޝެއާރކޮށްލާ ކަހަލަދޯ؟

އެފްރިކާ ބައްރުގެ މަލާވީގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރ ގެ މެސެޖުގައި، ދިވެހި ދައުލަތާއި ރައްޔިތުންގެ ފަރާތުންނާއި މިނިސްޓަރުގެ އަމިއްލަ ނަމުގައި، މަލަވީގެ ހާރިޖީ ވަޒީރަށާއި ސަރުކާރުގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވައިފައިވެއެވެ.

އަދި ހަމައެއާއިއެކު، މުސްތަގުބަލުގައި ދެގައުމުގެ ދެމެދުގައި މަސްލަހަތު ހިމެނޭ ދާއިރާތަކުން އެއްބާރުލުންދިނުމާއިއެކު، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމަކީ އުއްމީދެއްކަމަށް މިނިސްޓަރުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މާލާވީގެ ހާރިޖި ވަޒީރަށް އިހްތިރާމު އަދާކުރައްވާ، އެމަނިކުފާނަށް ކުރައްވާ އިހްތިރާމުގެ ޔަގީންކަން އަރުވާކަމަށްވެސް މިނިސްޓަރ ހަލީލުގެ މަސެޖުގައި ފާހަގަކޮށްފައިވެއެވެ.

މަލަވީއާއި ދިވެހިރާއްޖޭގެ ދެމެދުގައި ރަސްމީކޮށް، ޑިޕްލޮމެޓިކް ގުޅުންތައް ގާއިމުކުރީ، 2022 ސެޕްޓެމްބަރު 24 ވަނަ ދުވަހުގައެވެ. މި ގުޅުން ގާއިމުކުރެވިގެންދިޔަތާ މާގިނަދުވަސްތަކެއްނުވިކަމުގައިވީނަމަވެސް، ދެ ގައުމުގެ ދެމުދުގައި ރަސްމީކޮށް، ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވިގެންދިޔުމާއިއެކު، މުސްތަގުބަލުގައި ދެ ގައުމުގެ ދެމެދުގައި އެއްބާރުލުންދެވޭނެ ބައިވަރު ދާއިރާތަކުގެ ދޮރުތައް ހުޅުވިގެންގޮސްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: