ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ މުހިންމު މައްސަލަތަކުގައި ވެސް އާންމު ރައްޔިތުންގެ ވޯޓަށް ދެވޭ ގޮތަށް ބިލު ފަރުމާކޮށް މަޖިލީހަށް!

ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގައި މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ މުހިންމު މައްސަލަތަކުގައި ވެސް އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓަކަށް ދިއުމަށް ނިންމިދާނެކަމަށް ބަޔާންކޮށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ބިލު މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ.

ބިލު ހުށަހަޅާފައިވާ ބޭނުމެއްކަމަށް ތައާރަފުގައި ބުނެފައި ވަނީ ގާނޫނުއަސާސީގައި ބަޔާން ކުރާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާ އަދި އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާނެ ގޮތުގެ އުސޫލާއި އެ ނޫން ވެސް ވޯޓު ނެގުމާއި ގުޅޭ އެންމެހައި ކަންކަން އުސޫލުގައި ބަޔާން ކުރުމެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ނަމުގައި ހުށަހަޅާފައިވާ މި ބިލުގައި ބުނެފައިވާ ގޮތުން އާންމުންގެ ވޯޓު ނެގޭނީ ރައްޔިތުންނާއި ގުޅޭ މުހިންމު ކަންތައްތަކުގައާއި، ގައުމީ މުހިންމު މައްސަލަތަކުގައެވެ. އަދި ގާނޫނުއަސާސީގައި ބަޔާން ކުރާ އަސާސީ ހައްގުތަކާއި މިނިވަންކަމާއި ގުޅޭ އެއްވެސް ބާވަތެއްގެކަމެއްގައި ވޯޓަކަށް ދާންޖެހޭނެކަމަށް ވެއެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ އުމުރާއި، ރިޔާސަތުގެ ދައުރު އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތާއި ބިލުތައް ތަސްދީގު ކުރުމުގެ އިތުރުން ދިވެހިރާއްޖޭގެ ސަރަހައްދާއި ގުޅުން ހުރި އެއްވެސްކަމެއްގައި ގޮތް ނިންމޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންކަމަށް ބިލުގައި ވެއެވެ.

އިތުރު އެހެން ހާލަތެއްކަމަށް ބިލުގައި ބަޔާންކޮށްފައި ވަނީ ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކޮށް އެކަން މަޖިލީހަށް އަންގާ ހާލަތުގައި އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމެވެ.

ބިލުގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމުކަމަށް މަޖިލީހަށް ފެންނަ ކަންކަމުގައި ވެސް ވޯޓަކަށް ދިއުމަށް ނިންމިދާނެ އެވެ. އޭގެ ތެރޭގައި ގައުމީ މުހިންމު މައްސަލަތައް ވަކި ނަމްބަރެއްގެ ގޮތުގައި ހިމަނާފައި ވެއެވެ.

މީގެއިތުރުން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގައި ނަގާ ވޯޓާއި ގުޅޭގޮތުން ބިލުގައި ބުނެފައި ވަނީ މަޖިލީހުން ބިލު ފާސްކުރާ ހާލަތުގައި އެ ބިލު ތަސްދީގު ކުރުމުގެ ކުރިން އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ގާނޫނުގައިވާ ގޮތުގެ މަތީން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހިއްޔާ ނިންމަވަން ވާނެ ކަމަށެވެ.

ބިލުގައި އާންމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރާއި، އަމަލު ކުރަންވީ ގޮތް ބަޔާން ކުރެއެވެ. އަދި އެ ނިންމުމަށް ނެރޭ ގަރާރުގައި ހިމަނަން ޖެހޭ ބައިތަކާއި އުސޫލުތައް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: