ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބިލު؛ ވޯޓަކަށް އެދޭތާ ތިން މަސް ތެރޭ އިންތިހާބު ބާއްވަން ޖެހޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ނިންމާ މައްސަލަތަކުގައި، އާންމުންގެ ވޯޓަކަށް އެދޭތާ 90 ދުވަހުގެ ތެރޭގައި ވޯޓު ނަގަން ޖެހޭނެކަމަށް ބަޔާންކޮށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ބިލު މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ.

ބިލު ހުށަހަޅާފައިވާ ބޭނުމެއްކަމަށް ތައާރަފުގައި ބުނެފައި ވަނީ ގާނޫނުއަސާސީގައި ބަޔާން ކުރާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާ އަދި އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާނެ ގޮތުގެ އުސޫލާއި އެ ނޫން ވެސް ވޯޓު ނެގުމާއި ގުޅޭ އެންމެހައި ކަންކަން އުސޫލުގައި ބަޔާން ކުރުމެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ނަމުގައި ހުށަހަޅާފައިވާ މި ބިލުގައި ބުނެފައިވާ ގޮތުން އާންމުންގެ ވޯޓު ނެގޭނީ ރައްޔިތުންނާއި ގުޅޭ މުހިންމު ކަންތައްތަކުގައާއި، ގައުމީ މުހިންމު މައްސަލަތަކުގައެވެ. އަދި ގާނޫނުއަސާސީގައި ބަޔާން ކުރާ އަސާސީ ހައްގުތަކާއި މިނިވަންކަމާއި ގުޅޭ އެއްވެސް ބާވަތެއްގެކަމެއްގައި ވޯޓަކަށް ދާންޖެހޭނެކަމަށް ވެއެވެ.

ބިލުގައި ބުނެފައި ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ހާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުވާ ހާލަތްތަކުގައި އެކަން ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށް ނެރޭ ގަރާރަކުން ކަމަށެވެ. އަދި އެ ގަރާރުގައި އެއް މައްސަލައަކަށް ވުރެ ގިނަ މައްސަލައާއި ގުޅޭގޮތުން ވޯޓު ނެގުމަށް ކަނޑައެޅިދާނެކަމަށް ވެއެވެ.

ގަރާރު ނެރޭއިރު ކަރުދާހުގައި ހިމަނަން ޖެހޭ ބައިތަކުގެ ތެރޭގައި މައްސަލައިގެ ނުވަތަ ސުވާލުގެ ފުރިހަމަ އިބާރާތް ހުންނަންވާނެ އެވެ. އަދި މައްސަލައިގައި އާންމުގެ ވޯޓަކަށް ދަނީ ކޮން ސަބަބަކާއި ހުރެކަމާއި ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތަކީ ކޮބައިކަން ހިމެނުމަށްވެއެވެ.

ގަރާރުގައިވާ ގޮތުގެ މަތީން ވޯޓުގެ ކަންކަން ކުރިޔަށް ގެންދަން ޖެހޭނީ އިލެކްޝަންސް ކޮމިޝަންކަމަށްވުމާއި އެކު ވޯޓު އީސީއަށް އެކަން ހުށަހަޅަންވާނެ އެވެ. އެއާއި އެކު އެ ދުވަހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ސުވާލުގެ އިބާރާތް އާންމު ކުރަންވާނެ އެވެ.

ބިލުގައި ބުނެފައި ވަނީ މައުލޫމާތު ކަރުދާހެއް، ވޯޓު ނެގުމުގެ މަދުވެގެން 21 ދުވަސް ކުރިން އާންމު ކުރަންވާނެ އެވެ.

ވޯޓު ނަގަން ޖެހޭ މުއްދަތަށް ބަލާއިރު ބިލުގައި ބުނެފައި ވަނީ، އާންމުންގެ ހިޔާލު ހޯދުމަށް ވޯޓު ނެގުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ދުވަހާއި ދެމެދު މަދުވެގެން 45 ދުވަސް ދޭން ޖެހޭނެ ކަމަށެވެ. އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި ވޯޓަކަށް ދާން ޖެހޭނެ އެވެ.

ބިލުގައި ވަނީ އެ މުއްދަތުގެ ތެރޭގައި ވޯޓަކަށް ނުދެވިއްޖެ ނަމަ، އޭގެ ސަބަބު ބަޔާންކޮށް އަންގަންވާނެ ކަމަށެވެ.

މީގެއިތުރުން ވޯޓަކަށް ދިއުމުގެ ގަރާރު ރައީސުލްޖުމްހޫރިއްޔާގެ އެހެން ގަރާރަކުން އަނބުރާ ގެންދެވިދާނެކަމަށް ބިލުގައި ވެއެވެ. ގަރާރުގައި ވޯޓު ނުނަގާން ނިންމި ސަބަބު ބަޔާން ކުރަން ޖެހޭނެ އެވެ. އެހެން ނަމަވެސް ގަރާރެއް އެގޮތަށް ގެންދެވޭނީ ވޯޓު ނެގުން ބާއްވާނެ ތާރީހެއް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރުމުގެ ކުރިންނެވެ.

ގަރާރު އަނބުރާ ގެންދާނަމަ، އެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާ ހޯދަންވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: