ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

55 ރަށެއްގެ ކައުންސިލް އިދާރާ އަޅަން އޮތް އެއްބަސްވުން ބާތިލުކޮށް، އެހެން ބަޔަކާއި ހަވާލުކުރަނީ

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަރީރު އާދަމް ޝަރީފް ޢުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

މެލޭޝިއާގެ ހެކްޓާސް ކުންފުންޏާއިއެކު ސޮއިކޮށްފައިވާ 55 ކައުންސިލް އިމާރާތް އެޅުމުގެ އެއްބަސްވުން ބާތިލުވެއްޖެކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓު އެންޑު ޕަބްލިކް ވާކްސް އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

ގިނަ ދުވަސްވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތައް އަލުން ޢިމާރާތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން 55 ރަށެއްގެ ކައުންސިލް އިދާރާ އަލުން ޢިމާރާތްކުރުމަށް މެލޭޝިއާގެ ކުންފުންޏެއް ކަމުގައިވާ ”ހެކްސްޓަރ ގްލޯބަލް“ އާއެކު އެއްބަސްވުމުގައި ސޮއިކުރެވުނީ މި އަހަރުގެ ޖަނަވަރީ މަހުގައެވެ.

މިކަމާއި ގުޅިގެން މިނިސްޓަރު ޝަރީފުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވ ”55 ކައުންސިލް އިމާރާތް އެޅުމަށް ހެކްސްޓާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލްކޮށްފައިވާކަމަށެވެ. އޭގެ ސަބަބެއްކަމަށް މިނިސްޓަރ ވިދާޅުވީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެމކުންފުނިން ބަލައިނުގަތުމެވެ.

މިނިސްޓަރ ވިދާޅުވީ، އެ އެއްބަސްވުން ބާތިލުވުމަށް މެދުވެރިވި ސަބަބަކީ، ކައުންސިލުތަކުން، އެ ކައުންސިލުގެ އިމާރާތަށް ގެންނަން ހުށަހެޅި ބަދަލުތައް ހެކްސްޓަރ ގްލޯބަލް ބަލައިނުގަތުމުންކަމަށެވެ. އަދި، ހެކްސްޓަރ ގްލޯބަލްއިން، އެ އެއްބަސްވުން ބާތިލްކުރުމާއި ގުޅިގެން، އެ ކުންފުންޏަށް ދޭންޖެހޭ އެެއްވެސް ބަދަލެއް ނެތްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން، 55 ކައުންސިލު އިމާރާތް އެޅުމަށް ޝައުގުވެރިކަން ހުރި ކުންފުނިތަކުގެ ޕްރޮޕޯސަލްތައް އިވެލުއާޓުކުރުމަށްފަހު، އެ މަސައްކަތް އެހެން ދިވެހި ކުންފުންޏަކާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: