ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެލޭޝިޔާގައި ކިޔަވާ ދަރިވަރުން ދައްކަންޖެހޭ ޓެކްސް ފައިސާ މުއްދަތު ހަމަވުމުގެ ކުރިން ފޮނުއްވާނެ: މިނިސްޓަރު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މެލޭޝިޔާގައި ކިޔަވާ ދަރިވަރުން ދައްކަންޖެހޭ ޓެކްސް ފައިސާ މުއްދަތު ހަމަވުމުގެ ކުރިން ސަރުކާރުން ފޮނުއްވާނެކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

މިއީ މެލޭޝީޔާގެ ގާނޫނަަށް ގެނައި ބަދަލެއްގެ ސަބަބުން ދައްކަން ޖެހޭ ޓެކްސް ފައިސާއެވެ. އެ ގައުމުގެ ސަރުކާރުން ވަނީ މެލޭޝިޔާގައި ކިޔަވާ ބޭރު ދަރިވަރުންގެ އަތުން ޓެކްސްއެއް ނިންމާފައެވެ. މި ޓެކްސް ދައްކަން ޖެހެނީ، ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 މެލޭޝިއަން ރިންގިޓް ޚަރަދުކުރާ ބޭރު ދަރިވަރުންނެވެ.

މި ފައިސާ ދިވެހި ދަރިވަރުންނަށް ސަރުކާރުން ހަމަޖައްސަވައިދެއްވާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ދަރިވަރުންނަށް ފައިސާ ފޮނުވުމުގެ މަސައްކަތް މިހާރު މިނިސްޓްރީއިން ކުރައްވަމުން ގެންދަވާކަމަށާފައިސާ ދައްކަންޖެހޭ މުއްދަތުގެ ތެރޭގައި ހުރިހާ ދަރިވަރުންނަށްވެސް ފައިސާ ފޮނުވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ޓެކްސްއާއި ގުޅިގެން ދަރިވަރުން އިތުރު ފައިސާއެއް ދައްކަންޖެހޭނަމަ، އެ ފައިސާވެސް ދިވެހި ސަރުކާރުން ހަމަޖައްސައިދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދަރިވަރުން އިތުރު ބުރައެއް އުފުލަން ނުޖެހޭނެކަމަށް ވިދާޅުވިއެވެ.

މެލޭޝިޔާގައި ރާއްޖޭގެ ގިނަ އަދަދެއްގެ ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ. ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދަނީ ސަރުކާރުގެ އެހީގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: