ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮއްތު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރުމުގެ ތުހުމަތު ފުލުހުންތަކެއްގެ މައްޗަށް!

ފުލުހުންގެ ވެހިކަލްތަކެއް:/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭޑާޑްސް ކޮމާންޑް (ޕީއެސްޑީ) އިން ބަލަން ފަށައިފި އެވެ.

އެކަން ހާމަކޮށްފައިވަނީ ފުލުހުންގެ މީޑިއާ ގްރޫޕުގައި ހިއްސާކުރި ޕޯސްޓެއްގައެވެ. އެގޮތުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަން ފުލުހުން ވަނީ މީޑިއާތަކާ ހިއްސާކޮށްފައެވެ. އެހެންނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެ ރަށު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނަށް ތުހުމަތުވަނީ ކޮއްތު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރާ ކަމުގެ ތުހުމަތުކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އެގޮތުން އެ މީހުން އެކަން ކޮށްފައިވަނީ ކޮއްތު ހަމަޖައްސައިދޭ މީހާއާ ގުޅިގެން ކަމަށް ތުހުމަތު ކުރެވިފައިވެއެވެ.

މީގެ ކުރިންވެސް ޔުނިފޯމް އެޅި މުއައްސަސާތަކާ ގުޅޭ މިފަދަ އެކި މައްސަލަތައް ފެންމަތިވެފައިވެއެވެ. އެގޮތުން ދާދި ފަހުން ކަރެކްޝަންސްއާ ގުޅޭ މިފަަދަ މައްސަލައެއްވެސް ބަލާފައިވެއެވެ.

ސިފައިންނާއި ފުލުހުންގެ ކޮއްތަށް ދައުލަތުގެ މި އަހަރުގެ ބަޖެޓްގައި 445 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: