ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެޕްޓެމްބަރުގެ ނިޔަލަށް ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރެވޭނެ: ފަހުމީ

ސްޓެލްކޯގެ ސްމާޓް މީޓަރ/ ފޮޓޯ: ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓްލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރެވިގެންދާނެކަމަށް އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯއިން ދަނީ ކަސްޓަމަރުންނަށް ޒަމާނީ ހިދުމަތް ފޯރުކޮށްދީ ކުންފުންޏާއި މެދު އޮންނަ އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އެ އަމާޒުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރު ކުރެވި ސްމާޓް އެޕްލިކޭޝަން ކަސްޓަމަރުންނަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓެލެކޯގެ ކަސްޓަމަރުންގެ މީޓަރުތައް، ސްމާޓް މީޓަރަށް ބަދަލު ކުރެވޭނެކަމަށެވެ. އަދި ސްމާޓް އެޕްލިކޭޝަންއާއި އެކު ކަސްޓަމަރުންނަށް މީޓަރުގެ މައުލޫމާތުތައް ފެނި، ގަޑިއިރަކަށް، ނުވަތަ ދުވާލެއްގެ މައްޗަށް ކަރަންޓު ބޭނުން ކުރެވޭ މިންވަރު ފެންނާނެ ކަމަށެވެ. މިއާއި އެކު ހަފްތާ ނިމިގެންދާއިރު ވެސް ކަސްޓަމަރަށް ބޭނުން ކުރެވިފައިވާ ކަރަންޓުގެ މިންވަރު ބަލާލެވޭނެކަން ފަހުމީ ފާހަގަކުރެއްވި އެވެ.

މި ހިދުމަތާއި އެކު ކަސްޓަމަރުންނަށް ލިބޭނެ އެންމެ ބޮޑު ފައިދާއަކީ، ކަރަންޓު ބޭނުން ކުރެވޭ މިންވަރު ބަލައި ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދެވިގެން ދިއުންކަން ފަހުމީ ފާހަގަކުރެއްވި އެވެ. އަދި މީގެ ސަބަބުން ކަރަންޓަށް ކުރާ މާލީ ހަރަދުތައް ވެސް ކުޑަކުރެވިގެންދާނެ ކަމަށެވެ.

ސްޓެލްކޯއިން ކަސްޓަމަރުންނަށް ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދީ، ކުންފުންޏާމެދު އޮންނަ އިތުބާރު އިތުރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކުރެވި، ސްމާޓް އެޕްލިކޭޝަން ކަސްޓަމަރުންނަށް ތަޢާރަފުކުރުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުން. އަދި މާތްﷲގެ އިރާދަފުޅާއެކު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓްލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރެވިގެންދާނެ. ސްމާޓް މީޓަރުގެ މި ސްމާޓް އެޕްލިކޭޝަނާއެކު، ކަސްޓަމަރުންނަށް މީޓަރުގެ މަޢުލޫމާތު ފެނި، ގަޑިއިރަކަށް، ދުވާލަކަށް އަދި ހަފްތާއަކަށް ކަރަންޓު ބޭނުންކުރެވޭ މިންވަރު ވެސް ފެންނަމުންދާނެ. މި ޚިދުމަތާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ އެންމެ ބޮޑު ފައިދާއަކީ، ކަރަންޓު ބޭނުންކުރެވޭ މިންވަރު ބަލައި، ކަރަންޓު އިޤްތިޞާދުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެވި، ކަރަންޓަށް ކުރާ މާލީ ޚަރަދު ކުޑަކުރެވިގެން ދިއުން.

ފަހުމީ ވިދާޅުވީ މި ބަދަލާއި އެކު ގިނަ ބިލަށް އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ސްޓެލްކޯގެ ކެއަރ މެދުވެރިކޮށް ކަސްޓަމަރ ސާވިސް މުވައްޒަފުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ސްމާޓް މީޓަރުގެ ސަބަބުން ލިބިގެންދާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.

ސްޓެލްކޯގެ އަމާޒަކީ ފަހުމީ ވިދާޅުވި ގޮތުގައި ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ހައިސިއްޔަތުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކުންފުންޏާއި މެދު ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމެވެ. އޭގެ ތެރޭގައި ކުންފުންޏާއި މެދު ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމާއި ޒަމާނީ ޓެކްނޮލޮޖީއާއި އެކު ލިބިގެންދާ ފަސޭހަތައް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފުރިހަމަ ހިދުމަތެއް ދެމުން ގެންދިއުން ހިމެނޭކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: