ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީއާއި ބައްދަލު ކުރުމަށް ބޭއްވި މާލިއްޔަތު ކޮމިޓީ ސިއްރު!

އޭސީސީގެ ރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެކު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

މިއަދު ތާވަލު ކުރި އެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ އޭސީސީގެ މަސައްކަތްތައް ނިންމުމުގައި ދިމާވާ ދަތިތަކާއި ގުޅޭ މައުލޫމާތުތައް އޮޅުންފިލުވުމެވެ.

އެންމެ ފަހުން އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަނީ އޭސީސީ ހާޒިރުވާއިރު ދެ މައްސަލައެއްގައި ޖަވާބުދާރީވުމަށް ތައްޔާރުވެ ވަޑައިގަތުމަށް އެދި ފޮނުވުމަށް ހުށަހަޅުއްވާފަ އެވެ.

އެއީ ކުރީ ސަރުކާރުން އާސަންދަ އިމާރާތެއް އެޅުމަށް ދިން އެއްބަސްވުން މައްސަލައިގެ ފުލުސް ރިޕޯޓު ލިބިފައިވާތީ އެ މައުލޫމާތު އޮޅުންފިލުވުމާއި، ފެނަކަ ކޯޕަރޭޝަންގެ ހާއްސަ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓަށެވެ.

ކޮމިޓިގެ މިއަދުގެ ބައްދަލުވުން ސިއްރު ކުރުމަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާނެވެ. އެހެންވެ އެ ހުށަހެޅުމަށް ވޯޓަށް އެހުމުން ހުރިހާ މެމްބަރުން ވެސް އިއްތިފާގުވީ އޭސީސީއާއި ބައްދަލު ކުރާ ކޮމިޓީ ސިއްރު ކުރުމަށެވެ.

އޭސީސީން ބައެއް މައްސަލަތައް ބެލުމުގައި ލަސްތަކެއް ދިމާވާތީ އެކަމާއި ގުޅޭގޮތުން މާލިއްޔަތު ކޮމިޓީގައި ވާހަކަ ދެކެވިފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: