ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރަށް ހިންގުމާއި ހޮޑުލުމާއި އިންފްލުއެންޒާގެ ކޭސްތައް ގިނަވަނީ!

އެޗްޕީއޭ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުމާއި އިންފްލުއެންޒާ ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 15 ޖޫން އިން 5 ޖުލައިގެ ނިޔަލަށް މުޅި ރާއްޖެއިން ބޭރަށް ހިންގުމާއި ހޮޑުލުމުގެ 3،763 ވޭދަނަ ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރެއިން 2،370 ވޭދަނަ ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ.

މީގެއިތުރުން މެއި މަހުން ފެށިގެން އިންފްލުއެންޒާ ޖެހިގެން ރިޕޯޓްކުރި މިންވަރުވެސް ވަނީ އިތުރުވެފައެވެ. މިގޮތުން 239 މީހުންނަށް އިންފްލުއެންޒާ ޖެހުނުއިރު، އޭގެ ތެރެއިން 228 ކޭސް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ.

ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް

އިންފްލުއެންޒާ ފަދަ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ. އިންފްލުއެންޒާގެ އަލާމާތްތައް އަރިދަފުސް ރޯގާއާ އެއްގޮތްވިނަމަވެސް، މިއީ ތަފާތު ދެ ވައިރަހަކުން ޖެހޭ ބައްޔެކެވެ. އަދި އާންމު އަރިދަފުސް ރޯގާއަށްވުރެ އިންފްލުއެންޒާ ޖެހުމުން ބަލި ބޮޑުވަރުވާކަން ފާހަގަކުރެވެއެވެ.

ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކުގައި، ހޮޑުލުމާއި ބޭރަށް ހިންގުން ޖެހިއްޖެނަމަ ގިނަގިނައިން ލޮނުޕެކެޓް (އޯއާރްއެސް)އާއި ފެނާއި ސޫޕާއި ކުރުނބާ ފެން ފަދަ ދިޔާ ތަކެތި ބޭނުންކުރުމަށް ލަފާދެއެވެ. އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާއިރާއި ކިނބިހި އަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ޓިޝޫއެއް ފަދަ އެއްޗެއް ބޭނުންކުރުމަށްވެސް އިރުޝާދު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: