ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށުގެ ވެށީގައި އުޅޭ ކުދިންނަށް އަދަބު ދިނުމަކީ ގާނޫނު ބާރު އަޅާކަމެއް ނޫން: ޑީޖޭޖޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ކުށުގެ ވެށީގައި އުޅޭ ކުދިންނަށް އަދަބު ދިނުމަކީ ގާނޫނު ބާރު އަޅާކަމެއް ނޫން ކަމަށް ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ބުނެފިއެވެ.

ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ޑީޖޭޖޭގެ ފަރާތުން މައުލޫމާތު ދެމުން ބުނެފައިވަނީ ކުޑަކުދިން ކުށުގެ ވެއްޓަށް ދިއުމުގައި ބައިވަރު ސަބަބުތައް ހުރި ކަމަށެވެ. ކުޑަކުދިންނަށް އެކުވެރިންގެ ނުފޫޒު ވަރަށް ބޮޑަށް އަންނަ ކަމަށެވެ. އަދި ނަމޫނާ ބަަލައިގެން ކަންކަން ކުރުމަކީ މިހާރުގެ ކުދިން ކުރަމުން އަންނަ ކަމެއް ކަމަށެވެ.

އެ ޑިޕާޓްމެންޓުން ބުނެފައިވަނީ މުޅި މުޖުތަމައުގައި އޮންނަ ކަމެއް ވެއްޖެ ނަމަ ކުދިން އެކަން ބަލާނެ ކަމަށާއި އެކަން ކޮޕީވެސް ކުރާނެ ކަމަށެވެ. އެހެންކަމުން ކުއްޖަކު ހެދި ބޮޑުވަމުން އަންނައިރުގައި ކުއްޖާގެ ހެދި ބޮޑުވުމަށް އަންނަ ބަދަލުތަކާއިއެކު އެކުދިން ކަންކަން އެކްސްޕްލޯ ކުރަން ބޭނުންވާނެ ކަމަށް ވަނީ ބުނެފައެވެ.

”މިސާލަކަށް ކުޑަ ރަށަކަށް ބަލާއިރު އެރަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން އުޅޭ ރަށެއްނަމަ އަޅުގަނޑުމެންގެ 18 އަހަރުން ކުޑަކުދިން މިތިބީ ރިސްކުގައި. އަދި ބޭނުން ނުކުރި ކަމުގައި ވީނަމަވެސް މާނައަކީ އެކުއްޖާ ބޭނުން ކުރުމުގެ ފުރުސަތު ހުޅުވިގެން އެބަ އާދެޔޭ ނޫނީ އެ ބޭނުންކުރަން އެކަމަށްޓަކައި މަގުފަހި ކުރުމުގެ ފުރުސަތުވެސް ހުޅުވިގެން އާދެޔޭ. އެއީ ވަރަށް ބޮޑަށް އަޅުގަނޑުމެން ހެދިބޮޑުވަމުން އަންނަ ތަބީއީ ގޮތުން ވިސްނާއިރު ވަރަށް ބޮޑަށް ވިސްނަންވީ ކަމެއް“

ކުޑްކުދިން ުށްވެރި ކުރުމުގެ ސަގާފަތް ނައްތާލަން ޖެހޭ ކަމަށް އެ ޑީޕާޓްމެންޓުން ވަނީ ބުނެފައެވެ. ޑީޖޭޖޭއިން ބުނެފައިވަނީ ރިސާޗުތަކުން ދައްކާގޮތުގައި ކުޑަ ކުއްޖަކު ވިސްނުމަށްފަހު ކަންކަމުގައި ގޮތް ނިންމާ އޭރިއޭ އެއްކޮށް ޑިވެލޮޕްވެ ނިމެނީ 25 އަހަރުގައި ކަމަށެވެ. ޑީޖޭޖޭއިން ބުނެފައިވަނީ ކުޑަކުދިން ބޮޑަށް ކަންކަމުގައި ގޮތް ނިންމަނީ އިހުސާސްތަކާއި ގުޅުވައިފައި ކަމަށެވެ.

ޑީޖޭޖޭއިން ބުނެފައިވަނީ ކުދިން ގޯސް ކަންކަމަށް ދާން މަގުފަހިވެ، އޭގެތެރޭގައި މަސްތުވާތަކެތީގެ މައްސަލަ، ކަމަކަށް އެޑިކްޓުވުމަކީ އެއީ އެކުއްޖާގެ އިހުސާސްތަކާއި ވަރަށް ބޮޑަށް ގުޅިފައި ހުންނަ ކަންކަން ކަމަށެވެ. ޑީޖޭޖޭއިން ބުނެފައިވަނީ ބެލެނިވެރިންގެ ފަރާތުންވެސް އެވާ އިހުމާލުތައް ހުރި ކަމަށެވެ. ކުދިންނަށް އަޅާލަން ޖެހޭ މިންވަރަށް އަޅާނުލެވި ހުރުމުގެ ސަބަބުން ވެސް އެކި ކަންކަމާއި ކުދިންނާއި ދިމާވާ ކަމަށެވެ.

މީގެއިތުރަށް ކުޑަކުދިންނަށް އަދަބު ދިނުމަކީ އެއީ ގާނޫނުންވެސް އެކަމަށް ބާރު އަޅާ ކަމެއް ނޫން ކަމަށް އެ ޑިޕާޓްމެންޓުން ވަނީ ބުނެފައެވެ. އަދި އެންމެ ބޮޑަށް ބަލަން ވާނީ ކުށުގެ ވެށީގައި ވާ ކުޑަކުދިން އަލުން އަނބުރާ މުޖުތަމައުއަށް ފޮނުވޭތޯ ކަމަށާއި އެކުދިން މުޖުތަމައުއިން ބަލައިގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: