ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ސިފަވަނީ ވިޔަފާރި ކުންފުންޏެއްގެ ގޮތުގައި: މަމްދޫހު

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ސިފަވަނީ ވިޔަފާރި ކުންފުންޏެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މަމްދޫހު ވިދާޅުވީ އެމްޑީޕީއަކީ ކަންތައްތަކެއް އޮޅުވައިލައިގެން ވާހަކަ ދައްކާ ޕާޓީއެއް ކަމަށެވެ. ސަރުކާރުން އަބަދުވެސް ދައްކާ ވާހަކައާއި އެއްގޮތަށް އަމަލުކުރަމުން ދާނެ ކަމަށް މަމްދޫހު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތުތައްވެސް ފެންނާން ހުންނާނެ ކަމަށާއި ދައްކަވާ ވާހަކައިގެ ފަހަތުގައި އެއްވެސް އިތުރުކަމެއް ފޮރުވިފައި ނުވާނެ ކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ.

މެމްބަރު ވިދާޅުވީ އަނެއްކާވެސް ނަޒަރު ހިންގާލަން ޖެހޭނީ 2018ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ދެއްކި ވާހަކައަށް ކަމަށެވެ. އޭރު އެމްޑީޕީން އެކި ވާޙަކަތައް އެކި ގޮތަށް ދެއްކި ކަމަށް މެމްބަރު ވިދާޅުވިއެވެ. 19 ވަނަ ރައްޔިތުންގެ ސުފަ މެޖޯރިޓީވެސް އެމްޑީޕީއަށް ލިބުނު ކަމަށާއި އެހެންނަމަވެސް އޭގެން ކަމެއް ހާސިލްވެފައި ނެތް ކަމަށް މެމްބަރު ވިދާޅުވިއެވެ.

”އަޅުގަނޑަށް މިއަދުވެސް އެމްޑީޕީ ސިފަވަނީ ވިޔަފާރި ކުންފުންޏެއްގެ ގޮތުގައި. އެމްޑީޕީގެ އާއްމު މެމްބަރުން ވިއްކައިގެން ސިިޔާސީ ޕާޓީއެއްގެ ނަމުގައި އެއީ ކުންފުންޏެއް ހިންގާ. ލީޑަރޝިޕްގައި ތިއްބަވާ ބޭފުޅުން ދައުލަތުން އެ ޕާޓީއަށްދޭ ފައިސާކޮޅުގެ ފަހަތުނ ްމުޅި ލީޑަރޝިޕް އެއްކޮށް ދުވާތަން އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ. ރިޔާސީ ޓިކެޓުގެ ފަހަތުން މުޅި ލީޑަރޝިޕުގައި ތިބި ވަޒީރުކަން ކުރެއްވި ބޭބޭފުޅުންނާއި ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުންނާއި“

މެމްބަރު ވިދާޅުވީ އެމްޑީޕީ ފެންނަނީ އާއްމު މެމްބަރުންގެ ބޮލަކަށް ޖެހޭ ފައިސާ ނުވަތަ ދައުލަތުން ޕާޓީއަށް ދޭ ފައިސާގެ ފަހަތުން ދުވާ ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ. ޕީއެންސީން ނުވަތަ ސަރުކާރުގެ މެމްބަރުން ގަންނަ ކަމަށާއި އަދި ފައިސާ ބަހާކަމުގެ ތުހުމަތަށް ރައްދު ދެއްވާ މަމްދޫހު ވިދާޅުވީ އެމްޑީޕީގެ ދަފްތަރަކީ ވައްކަން ކޮށްފައިވާ ދަފްތަރެކޭ ގޮވި އަޑު އެއްސެވި ކަމަށެވެ.

މީގެއިތުރަށް މެމްބަރު ވިދާޅުވީ އެމްޑީޕީގެ ދަފްތަރާއި މެދުގައި ސުވާލު އުފެއްދީ އެމްޑީޕީގެ ކުރީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން ކަމަށެވެ. އެމްޑީޕީގެ ސަރުކާރަކީ އަދި އެމްޑީޕީއަކީ ވައްކަމުގެ ހާއްޔެއް ކަމަށް ކުރީގެ ލީޑަރުން ބުނެފައި އެބަހުރި ކަމަށް މެމްބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: