ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމާއި ރައްޔިތުންނަށް ޓަކައި ދުރަށް ޖެހިލުން އެއީ އެންމެ ފައިދާ ހުރި ގޮތް: ފައްޔާޒް

ޝެއާރކޮށްލާ ކަހަލަދޯ؟

އިއާދަނުކުރެވޭ ހިސާބަށް ކަންކަން ދިއުމުގެ ކުރިން ގައުމާއި ރައްޔިތުންނަށް ޓަކައި ދުރަށް ޖެހިލުން އެއީ އެންމެ ފައިދާ ހުރި ގޮތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓްރީން ނެރުނު ބަޔާނަކަށް ރައްދުދެއްވާ ފައްޔާޒް ވިދާޅުވީ ސަރުކާރުން ކުރާ ކޮންމެ ކަމެއް ފަހުން ބަދަލުކުރަން ޖެހުމުން ”އުނބަށް ޖެހީޔޭ“ ރައްޔިތުން ބުނާނެ ކަމަށެވެ. އެހެން ނަމަވެސް ގޯސްކޮށް ކޮންމެ ކަމެއް ކޮށްފައި ވެސް ބޮޑެތި ގެއްލުންތަކެއް ގައުމަށް ލިބޭ ފަހުން މަޖުބޫރުވެގެން ވެސް ރަނގަޅު ކުރާކަން އެއީ ވަރަށް ބޮޑު ނަސީބެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ މިހާ ހިސާބަށް ކަންކަން ދިޔުމުން މިކަން ވާނެތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލަން ޖެހޭކަމަށެވެ.

”ގައުމާއި ރައްޔިތުން ދެކެ އެއްވެސް ވަރެއްގެ ލޯތްބެއް އޮތްނަމަ ހިތާހިތުން މި ސުވާލުކޮށްލާ އިއާދަނުކުރެވޭ ހިސާބަށް ކަންކަން ދިއުމުގެ ކުރިން ގައުމާއި ރައްޔިތުންނަށް ޓަކައި ދުރަށް ޖެހިލުން އެއީ އެންމެ ފައިދާ ހުރި ގޮތް“

މިނިސްޓްރީން ނެރުނުބަޔާނުގައި ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ގުޅިފަޅުން ގޯތި ދިނުމަށް ކުރީގެ ސަރުކާރުން ހެދި އެއްބަސްވުމުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމުން ބަންޑާރަ ނައިބުގެ އޮފީހާ އެކު މަޝްވަރާ އަށް ގޮސް އެ ކަމަށް ހައްލެއް ހޯދަން ހައުސިން މިނިސްޓްރީން ނިންމައިފައިވާކަމަށެވެ. އަދި ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވިޔަސް އެކި ސަބަބުތަކާ ހުރެ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ފަހުން ގެނައި ބަދަލާ އެކު އެ ތަނުން ގޯތި ލިބުނު މީހުންގެ ޕްލޮޓުގެ ސަރަހައްދު ބަދަލުވެފައިވާ ކަމަށެވެ.

އެހެންނަމަވެސް ހައުސިން މިނިސްޓްރީން ބުނީ އެ މީހުންގެ މެދުގައި ނެގި ގުރުއަތުން ހައްގުވާ ޕްލޮޓު ކަނޑައަޅައި، ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި އަލުން ސޮއިކުރުމަށް މިހާރު ވެފައިވާ އެއްބަސްވުން ދިރާސާކުރިއިރު، އޭގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހިމެނޭކަން ފާހަގަވާ ކަމަށެވެ.

ބިމާ ބެހޭ ގާނޫނުގައި އޮންނަނީ އެ މީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދެވޭނީ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ހަދާފައިވާ އއިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިވާ މީހަކު އެ ބައެއް ނުވަތަ ފްލެޓެއް ދޫކޮށްލުމުންކަމަށް ޝަރުތު ކޮށްފަ އެވެ،

ނަމަވެސް ބިންވެރިޔާ ސްކީމުގެ ދަށުން އެންމެ ފުރަތަމަ ގޯތި ދޫކުރުމުގެ އުސޫލުގައި ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުން ދޫކޮށްލަން ޝަރުތު ކޮށްފައިވަނީ ހަމައެކަނި މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ އަދި ވިލިނގިލި) އިން ލިބިފައިވާ 600 އަކަފޫޓަށް ވުރެ ކުޑަ ގޯތިތައް އެކަންޏެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނިގޮތުގައި، އެގޮތަށް ޝަރުތު ކޮށްފައި ވަނިކޮށް، ހުޅުމާލެ އިން ހަވާލުކުރި ގިނަ ގޯތިތައް އިމާރާތް ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެހެންވެ، ހަމައެކަނި ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންނާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހު ކޮށްގެން މުޅި މައްސަލައަށް ހައްލު ނުލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެެވެ. އެހެންނަމަވެސް މިނިސްޓްރީން އާއްމުކޮށްފައިވާ ބަޔާން މިހާރު ވަނީ ނަގާފައެވެ.

ވަރަށް ގަދަ
18%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 18%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 12%ވަރަށް ދެރަ 47%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: