ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައިގަދަވެ މާލޭ އޯކިޑުމަގުގައި ހުރި ގަހެއް ވެއްޓިއްޖެ!

ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

އޯކިޑުމަގުގައި ހުރި ގަހެއް ވެއްޓި މަގު ބަންދުވެއްޖެއެވެ.

މާލެ، އޯކިޑްމަގާއި އާބުރުޒު ހިނގުން ގުޅޭ ސަރަހައްދުގައި ގަހެއް މަގުމައްޗަށް ވެއްޓުމުގެ ސަބަބުން، އެ ކަންމަތިން ފެށިގެން މަގު ބަންދުވެފައިވާކަމަށް ފުލުހުން ބުނެއެވެ.

މިގޮތުން ފުލުހުންވަނީ ސޯޝަލް މީޑިއާގައި ފޮޓޯވެސް ހިއްސާކޮށްފައެވެ.

ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

އޯކިޑްމަގުގައި ހުރި ގަހެއް ވެއްޓިފައިވާއިރު، އެ ގަސް ވެއްޓުމުގެ ސަބަބުން އެސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތަކަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނޫނެވެ.

މީގެ އިތުރުން ވެސް ފުލުހުން ވަނީ ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައާއި ވައިބަރުވުމާއި ކަނޑުތައް ގަދަވުމުގެ ސަބަބުން މޫސުން ރަނގަޅުވަންދެން މޫދު ހަރަކާތްތައް ހުއްޓާލުމަށްވެސް އިލްތިމާސް ކޮށްފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މިހާތަނަށް އެކި ހާދިސާތައް ހިނގައިގެން ރިޕޯޓްކޮށްފައިވާ ކަމަށާއި އެހެން ކަމުން އެންމެންގެ ރައްކާތެރިކަމަށް މޫސުމަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ސާފު ކުރުވުމަށް ވެސް ވަނީ އެދިފައެވެ.

ރާއްޖޭގެ މޫސުން ގޯސްވެ، މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައިވާއިރު، ބައެއް ރަށްތަކުގައި ފެންބޮޑުވެ، ކަނޑުމަތީގެ ނުރައްކާތެރި ޙާދިޞާތައްވެސް ހިނގާފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން ދަތުރު ކުރަމުން ދިޔަ ބޯޓެއް އަޑިއަށް ގޮސް، ގދ. ގައްދޫން ފުރައިގެން އެއަތޮޅު ގަމަށް ދަތުރުކުރަމުން ދަނިކޮށް އިއްޔެ ވަނީ އުމުރުން ދުވަސްވީ މީހަކު ގެއްލިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ދުވަސްވަރު ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ބާރުގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން މުޅި ރާއްޖެއަށް މޫސުން ގޯސްވެ، އުދައެރުމުގެ ފުރުސަތު ބޮޑު ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: