ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބު ފެށުމުގެ ކުރިއަށް ގެންނަން ޖެހޭ ބަދަލުތައް އަންނާނެ: މަމްދޫހު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން އެދޭ ގޮތަށް ކައުންސިލް އިންތިހާބު ފެށުމުގެ ކުރިއަށް ގެންނަން ޖެހޭ ބަދަލުތައް އަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބިލާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މެމްބަރު މަމްދޫހު ވިދާޅުވީ އެންމެ ފުރތަމަ ވެރިކަމަށް އައިސް ކުރަން ޖެހުނު މަސައްކަތަކީ ގައުމު ބަނގުރޫޓު ވިޔަ ނުދީ ހިފެހެއްޓުމަށް ކުރަންޖެހުނު މަސައްކަތް ކަމަށެވެ. މަމްދޫހު ވިދާޅުވީ އެންމެ ފުރަތަމަ ކުރަންޖެހުނު ކަންކަން މިސަރުކާރުން ކުރި ކަމަށާއި އަދި އިގްތިސާދީ ޖާގައެއް ހުޅުވާމާއިއެކު ރަށްރަށުގައި މަޑުމަޑުން ޕްރޮޖެކްޓުތައް ވެސް ނިންމަމުންދާ ކަމަށެވެ.

ވޭތުވެދިޔަ ދެ ދައުރަށް ބަލާއިރުވެސް މަޝްރޫއުތައް ކުރިއަށް ދިޔަ މިންވަރަށްވުރެ މިހާރު މަޝްރޫއުތައް ފެށިފައިވާ މިންވަރުވެސް އަވަސް ވާނެ ކަމަށް މަމްދޫހު ވިދާޅުވިއެވެ. ސަރުކާރުން އެންމެ ފުރަތަމަ ކުރި މަސައްކަތަކީ އިގްތިސާދީ ގޮތުން ގައުމު ކޮޅަށް ޖެހުން ކަމަށާއި މިހާރު ކުރަމުންދާ މަސައްކަތްތަކަށް އަދިވެސް ވަގުތު އޮތް ކަމަށް މެމްބަރު ވިދާޅުވިއެވެ.

”ދައުރެއް ދެބައި ނުވެ އަދި މިއުޅެނީ. ދޮޅު އަހަރެއްހާ ދުވަސް އަދި މިވީ ސަރުކާރަކަށް. ރައްޔިތުން ހަގީގަތުގައި އެބަ އެދޭ މި ނިޒާމަށް ބަދަލުތަކެއް އަންނަން. ރައްޔިތުން އެބަ އެދޭ ރައްޔިތުންގެ އަސްލު ބާރުވެރިކަމެއް އޮންނަ މަގަށް ގެންނަން. ރައްޔިތުން އެބަ އެދޭ ވެރިއަކަށް އަންނަ ފަރާތެއް ނޫނީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ވީހާވެސް ގިނައިން ރައްޔިތުންގެ ބަހާއިއެކީގައި ވެރިއަކު އައްޔަނު ކުރަން. އެހެންވީމާ، މި ދެންނެވި ކަންތައްތައް ކުރެވޭނެ މަގަށް އަޅުގަނޑުމެން މިހާރު އިސްލާހުތަކެއް ގެންނަން މި މަސައްކަތްތަކެއް ކުރަނީ“

މެމްބަރު ވިދާޅުވީ މިހާރު މި އަންނަ ބަދަލުތަކުގެ ވާހަކަ ރައްޔިތުންގެ ތެރޭގައި ދެކެވޭކަމަށެވެ. އަދި މި ކަންކަމަށް ރައްޔިތުންގެ ހިޔާލު ބަދަލުކުރެވެމުން ދާކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ ކެމްޕެއިނެއް ކުރާނެހާ ވަގުތު އޮއްވާ ކައުންސިލަށް ގެންނަންވާ ބަދަލުތައް ގެންނާނެ ކަމަށެވެ. އަދި ރައްޔިތުން މި ބަދަލުތަކަށް އަހުލުވެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ރަށްރަށުގައި ކުރެވޭނެ ކަމަށެވެ.

މީގެއިތުރަށް މެމްބަރު ވިދާޅުވީ މުޅީ ގައުމު މިބަލުތަކަށް ބޭނުންވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: