ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮޓޯތަކެއް ހުރި ކަމަށް ފޮނުވާ ލިންކަކުން ޓެލެގްރާމް ހެކްކުރާތީ ސަމާލުވާން އެދިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ފޮޓޯތަކެއް ހުރި ކަމަށް ބުނެ ފޮނުވާ ލިންކެއް މެދުވެރިކޮށް ޓެލެގްރާމް އެކައުންޓްތައް ހެކްކުރުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ ސަމާލުވުމަށް ފުލުހުން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ފަދަ ލިންކްތައް ގިނައިން ފޮނުވަމުންދަނީ ގާތް ނުވަތަ އިތުބާރުކުރެވޭ މީހެއްގެ ނަމުގައެވެ. އަދި މި ލިންކަށް ފިތާލުމުން، ފޯނު ނަންބަރު ޖަހައި، އަންނަ އޯޓީޕީ ހިއްސާކުރުމަށް އެދެއެވެ. ފުލުހުން ވިދާޅުވި ގޮތުގައި އޯޓީޕީ ހިއްސާކޮށްފި ނަމަ، ސްކޭމަރުންނަށް އެކައުންޓް އަތުލެވުނީއެވެ.

މި ސްކޭމްގެ ޝިކާރައަކަށް ވެއްޖެ ނަމަ އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި، ވީ އެންމެ އަވަހަކަށް ޓެލެގްރާމް އެޕްލިކޭޝަން އަންއިންސްޓޯލްކުރުމަށް ފުލުހުން އިރުޝާދު ދެއްވާފައިވެއެވެ. އަދި އަލުން އިންސްޓޯލްކޮށް އެކްޓިވޭޓްކުރާއިރު ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓްކުރުމަކީ ރައްކާތެރިވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަން ފުލުހުން ފާހަގަކުރެއްވިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެއި މަހުގެ ތެރޭގައި އެކަނި 130 އަށް ވުރެ ގިނަ ސްކޭމް ހިންގައި، އެކި ފަރާތްތަކުގެ އަތުން 1.4 މިލިއަން ރުފިޔާ އޮޅުވާލައިގެން ނަގާފައިވެއެވެ. މީގެ އިތުރުން، ވައިބަރ، މެސެންޖަރ، އިންސްޓަގްރާމް އަދި އައިބޭ ފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށް އަދި ފޯނުން ގުޅައިގެންވެސް މިފަދަ ސްކޭމްތައް ހިންގަމުންދާކަން ފުލުހުން ފާހަގަކުރައްވާފައިވެއެވެ.

ފުލުހުން ވަނީ އާންމު ރައްޔިތުންނަށް އިތުރު ސަމާލުކަމެއް ދިނުމަށާއި، ނޭނގޭ ފަރާތްތަކުން ފޮނުވާ ލިންކްތަކަށް ނުފިތުމަށާއި، އަދި އެއްވެސް ހާލެއްގައި ވެރިފިކޭޝަން ކޯޑުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: