ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޯތު ހާބަރުގެ ބައެއް ޚިދުމަތްތައް ތިލަފުއްޓަށް ބަދަލުކުރުމުން ޖާގައިގެ ދަތިކަން ހައްލުވާނެ: އެމްޕީއެލް

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ނޯތު ހާބަރުން ދޭ ބައެއް ހިދުމަތްތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލްއިން) ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން އެމްޕީއެލްގެ މެނޭޖަރ އޮފް ބިޒްނަސް ޑިވްލޮޕްމަންޓު މުހައްމަދު އައިމަން އަލީ ވިދާޅުވީ، ނޯތު ހާބަރުން ދޭ ބައެއް ހިދުމަތްތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އެއީ ނޯތު ހާބަރުން ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ހައްލު ވެގެންދާނެ ކަމަކަށްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބައެއް ކާގޯ އަކީ ކޮންޓެއިނަރުން މުދާ ނަގައިގެން، ދޯނި ފަހަރަށް ބަރުކޮށްގެން ރަށްރަށައް ގެންދާ މުދާކަމަށާއި، މިފަދަ އުޅަނދު ފަހަރުތައް ތިލަފުއްޓަށް ބަދަލުކުރެވިއްޖެނަމަ ޖާގައިގެ ދަތިކަމަށް އެކަށީގެންވާ ޙައްލެއް އަންނާނެ ކަމަށެވެ.

މާލޭގެ ނޯތު ހާބަރު ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ހަރުދަނާކަމާއެކު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ހިންގުމަށްޓަކައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި (އެމްޕީއެލް) ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށް އެ މަސައްކަތް ބާރު ސްޕީޑުގައި ވަނީ ފަށާފައެވެ.

މި އެއްބަސްވުމުގެ ދަށުން، މާލޭގެ ނޯތު ހާބަރު ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތާއި، އެ ސަރަޙައްދު ބެލެހެއްޓުމުގެ ޒިންމާތައް ކަނޑައެޅިގެންދާނެއެވެ. މިއީ ރާއްޖޭގެ އެންމެ މުޙިއްމު ވިޔަފާރި ބަނދަރުގެ ގޮތުގައިބެލެވޭ މާލޭ ނޯތު ހާބަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފުޅާކުރުމަށް އެޅޭ މުޙިއްމު ފިޔަވަޅެކެވެ.

މި މަޝްރޫޢުގެ ސަބަބުން މާލޭގެ ނޯތު ހާބަރުގެ ޚިދުމަތްތައް އިތުރަށް ޙަރުދަނާވެ، ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިއަށް ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ. އަދި މިކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް އިތުރުކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: