ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގދ. ނަޑެއްލާ އައު ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ނަޑެއްލާ އައު ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބްއެވެ. އަދި، ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒަމީރު އެވެ.

ކޮންޓްރެކްޓަރ: ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް

ކޮންޓްރެކްޓް އަގު: 78،653،152.46 ރުފިޔާ

ކޮންޓްރެކްޓް ސޮއިކުރެވުނު ތާރީޚް: 13 ޖުލައި 2025

ކޮންޓްރެކްޓްގެ މުއްދަތު: 450 ދުވަސް

މި މަޝްރޫޢު ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

  • 82،080 ކޮޑި މީޓަރު ވެލި އައު ބަނދަރު ފަޅުން ކޮނުން
  • 19،600 ކޮޑި މީޓަރު ވެލި އައު ނެރުން އިން ކޮނުން
  • 3،900 ކޮޑި މީޓަރު ވެލި މިހާރުގެ ބަނދަރު ފަޅުން ކޮނުން
  • 16،000 ކޮޑި މީޓަރު ވެލި މިހާރުގެ ނެރުން ކޮނުން
  • 48،850 ކޮޑި މީޓަރު ވެލި ބިން ހިއްކުމަށް ކޮނުން
  • 7 މީޓަރުގެ ރިވެޓްމަންޓް ޖެހުން
  • 105 މީޓަރުގެ ނެރުފައިކަށި ޖެހުން
  • 7 މީޓަރުގެ ބޭރުތޮށި ޖެހުން
  • 17 މީޓަރުގެ ބޭރުތޮށި ތިރިކޮށް ޖެހުން
  • ޖުމްލަ 188 މީޓަރުގެ ގްރޮއިން ޖެހުން
  • 534 މީޓަރުގެ އެއްގަމު ތޮށި ޖެހުން
  • 534 މީޓަރުގެ ސްކަވަރިންގ އޭޕްރަން ޖެހުން
  • 10 މޫރިންގ ބޮއި ހަރުކުރުން
  • 11 މީޓަރު 11 މީޓަރުގެ ރޭމްޕްއެއް ހެދުން
  • 6 ނެރު ބައްތި
  • 18 ބަނދަރު ބައްތި ޖެހުން
  • 2660 އަކަ މީޓަރުގެ ޕޭވްމަންޓް އެޅުން
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: