ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަލީލް ކޮންމެހެން ހާޒިރުވާން ޖެހޭ ރަސްމީ މަސައްކަތެއް އޮތުމުން ”ޕްރިންސް“ އާއި ގުޅޭ ސުވާލުކުރުން ފަސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފޮރިން މިނިސްޓަރ އަބްދުﷲ ހަލީލް މަޖިލީހަށް ހާޒިރުވާން އަންގާފައިވާ ގަނޑިއަށް، ކޮންމެހެން ހާޒިރުވާން ޖެހޭ ރަސްމީ މަސައްކަތެއް އޮތުމުން ”ޕްރިންސް“ އާއި ގުޅޭ ސުވާލުކުރުން ފަސްކޮށްފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާގައި މިނިސްޓަރާއި ސުވާލުކުރުން ވަނީ ހިމަނާފައެވެ. މިނިސްޓަރާއި ސުވާލު ކުރައްވަން އެދިވަޑައިގެންފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

މިނިސްޓަރާއި ކުރަން ހަމަޖެހިފައިވާ ސުވާލަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއްކަމަށް ބުނެ 5 މޭ 2025 ގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ބައްދަލުކުރައްވާފައިވާ ”ޕްރިންސް“ ފަހްދް ސައުދު އަލްޝަންއަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްތޯއެވެ. އަދި އެ ބައްދަލުވުމުގައި ސައޫދީ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ނުވަނީ ކީއްވެގެންތޯއެވެ. އެ ފަރާތަކީ ސައޫދީ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ހަގީގަތާ ހިލާފަށްނަމަ، ރާއްޖެއާއި ސައުދީ އަރަބިއްޔާއާއި ދެމެދު އޮތް ހާރިޖީ ގުޅުމަށް މީގެ އެއްވެސް ނޭދެވޭ އަސަރެއް ކޮށްފައިވޭތޯވެސް ސުވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ރިޔާސަތުން އިއުލާންކުރެއްވި ގޮތުގައި މިނިސްޓަރު ކޮންމެހެން ހާޒިރުވާން ޖެހޭ އެހެން މަސައްކަތެއް، ހަމަ މަޖިލީހަށް ހާޒިރުވާން ޖެހޭ ގަނޑީގައި އެބައޮތެވެ. އެހެންކަމުން އެ ސުވާލު އެހެން ތާރީހަކަށް ފަސްކޮށްދޭން މިނިސްޓަރު އެދިވަޑައިގެންފައިވާކަމަށް ރިޔާސަތުން އިއުލާން ކުރެއްވިއެވެ.

ދެން އެންމެ އަވަހަށް ސުވާލު އެޖެންޑާ ކުރެވެން އޮންނަ ޖަލްސާއަށް އެ ސުވާލު އެޖެންޑާ ކުރާނެކަމަށް ރިޔާސަތުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: