ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޚާއްސަ އެހީ ބޭނުންވާ ފަރާތްތަކަށް އެ ނިޒާމު އަބަދުވެސް ފަހިވެފައިި އޮންނަންޖެހޭ: މިނިސްޓަރ

ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މުޖުތަމައުގައި ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުވޭނެ ގޮތްތައް ނިޒާމުގެ ތެރޭގައި އަބަދުވެސް ފަހިވެފައި އޮންނަންޖެހޭނެކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އެސިސްޓިވް ޑިވައިސް ކޮންމެހެން ބޭނުންވާ ފަރާތްތަކަށް އެފަދަ ތަކެތި ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ މަގުފަހިކުރުމުގެ ހާއްސަ މަސައްކަތްތަކެއް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ވިދާޅުވީ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުވައިދެވޭނެ ގޮތްތައް ނިޒާމުގެ ތެރޭގައި އަބަދުވެސް ފަހިވެފައި އޮންނަންޖެހޭނެކަމަށެވެ. އަދި އެއީ ޤައުމުގެ އިޤްތިސާދާއި ފުދުންތެރިކަން ކުރިއެރުވުމަށްވެސް މުހިއްމުކަމެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، މުޖުތަމައުގެ ތެރޭގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ މީހުންގެ ގިންތީގައި އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ތަހައްމަލު ކުރަމުންދާ މީހުންނާއި، އުފަންވުމުގައި އަދި ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން އެކި މައްސަލަތައް ދިމާވެފައިވާ މީހުން ހިމެނޭކަމަށެވެ.

އަޅުގަނޑުމެންގެ އަމާޒަކީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުން، އެ ފަރާތްތަކަށް އަބަދުވެސް ނިޒާމުގެ ތެރެއިން އަޅާލުން ދެވެން ޖެހޭނެ

މިނިސްޓަރ ވިދާޅުވީ، އެ އިރެއްގައި އޮންނަ ދައުލަތަކުން އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމުތަކާ ގުޅޭގޮތުން މަސައްކަތްތަކެއް ކުރެވެންޖެހޭ ކަމަށާއި، އެ މަސައްކަތް އިތުރަށް ފުޅާވާންވެސް ޖެހޭކަމަށެވެ.

މިނިސްޓަރ ވަނީ މި ރޮނގުން ކުރެވޭ މަސައްކަތްތަކަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަދި އެންސްޕާއަށް ޝުކުރު ދަންނަވާފައެވެ.

މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަމުގެ ދަށުން ދަށުން ދިވެހިރާއްޖެއަށް ހާއްސަ، ދިވެހިރާއްޖޭގައި އިސްކަންދޭނެ ނޭޝަނަލް ޕްރައިރަޓީ އެސިސްޓިވް ޕްރޮޑަކްޓް ލިސްޓެއް ”ނޭޝަނަލް ޕްރައޮރިޓީ އެސިސްޓިވް ޕްރޮޑަކްޓް ލިސްޓް“ އެކުލަވާލުމުގެ މަސައްކަތްތަކެއް އެ ޖަމިއްޔާއިން މިކަމަށް ކަނޑައަޅުއްވާފައިވާ ޓެކްނިކަލް ކޮންސަލްޓަންޓުގެ ފަންނީ ލަފާގެދަށުން ކުރާ މަސައްކަތެކެވެ.

މިއީ ދިވެހިރާއްޖޭގެ ހާލަތަށް ބިނާކޮށް އެންމެ އިސްކަންދޭނެޖެހޭނެ ކަންކަން ދެނެގަނެ، އެކަންކަމަށް އެހީތެރިވުމަށް ބޭނުންވާ އާލާތްތައް ހިމެނޭ ގޮތަށް އެކުލަވާލެވޭ ލިސްޓެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: