ވިނަރެސް 8 ވަނަ އިމާރާތުން ވެއްޓުނު ކުއްޖާ މަރުވެއްޖެއެވެ.
ހުޅުމާލެ 2 ގައި މީހަކު އިމާރާތެއްގެ މަތިން ވެއްޓިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފައިވަނީ މިއަދުގެ 16:20 ހާއިރުއެވެ. ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައީ ހުޅުމާލެ 2ގެ ޗާންދަލިއަރ ބުކްޝޮޕް ކައިރީއެވެ. އޭނާ ވެއްޓިފައިވަނީ ވިނަރެސްގެ 8 ވަނަ އިމާރާތުންނެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި އެ ޒުވާނާ ބިންމައްޗަށް ވެއްޓިފައި އޮންނަ މަންޒަރު ފެނެއެވެ. އަދި އެ ޒުވާނާގެ ގާތުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރުވެސް ފެނިފައިވެއެވެ. ފުލުހުން ވަނީ އެސަރަހައްދު ބަންދުކޮށްފައެވެ.
މިހާރު އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވާއިރު އެ ޒުވާނާ މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުން ބުނީ މިއީ 18 އަހަރުގެ ޒުވާނެއް ކަމަށެވެ. މި މައްސަލައިގައި އަދި އިތުރު ތަފްސީލްތަޖެއް ނުލިބެއެވެ.

