ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސް25 އަލްޓްރާ ގަންނަ ކަސްޓަމަރުންނަށް ދިރާގުގެ ހާއްސަ އޮފާއެއް!

ދިރާގުގެ އައު އޮފާރ: ފޮޓޯ/ ދިރާގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސެމްސަންގް އެސް25 އަލްޓްރާ ފޯނު ގަންނަ ކަސްޓަމަރުންނަށް ދިރާގުން ހާއްސަ ޕްރޮމޯޝަނެއް ތައާރަފްކޮށްފިއެވެ.

ދިރާގުން އާންމުކޮށްފައިވާގޮތުން އެ ކުންފުނިންވަނީ ސެމްސަންގް އެސް25 އަލްޓްރާ ގަންނަ ކޮންމެ ކަސްޓަމަރަކަށްވެސް ތިން މަސް ދުވަހުގެ ނެޓްފްލިކްސް ސަބްސްކްރިޕްޝަން ކްރެޑިޓް ލިބޭ ޕްރޮމޯޝަނެއް ފަށާފައެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކުގެ އިތުރުން މުނިފޫހި ފިލުވުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.

ދިރާގުން ބުނެފައިވާގޮތުން ޕްރޮމޯޝަންގެ ދަށުން ފޯނު ގަންނަ ފުރަތަމަ 30 ކަސްޓަމަރުންނަށް ތިން މަސް ދުވަހު ނެޓްފްލިކް ބޭނުންކުރެވޭނެ ސަބްސްކްރިޕްޝަން ވައުޗާ ލިބޭނެއެވެ. ގެލެކްސީ S25 އަލްޓްރާ އަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ފީޗާތައް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ފޯނެކެވެ. 

6.9 އިންޗީގެ ޑައިނަމިކް އެމޮލެޑް 2އެކްސް ޑިސްޕްލޭއިން ސާފު އަދި ކުލަގަދަ ކުއަޑް އެޗްޑީ+ ވިޝުއަލްސް ފޯރުކޮށްދެއެވެ. މި ފޯނުގެ ކެމެރާ މެދުވެރިކޮށް ޕްރޮފެޝަނަލް ފޮޓޯ އަދި ވީޑިއޯ ނެގޭނެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: