ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އާރޓް އޮފް މައިންޑް 2025“ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ 7 ވަނަ އާޓސް އެގްޒިބިޝަން ”އާރޓް އޮފް މައިންޑް 2025“ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ހަފްލާގެ ޝަރަފްވެރި މެހެމާނަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހިމް ޝަރީފް މުހައްމަދެވެ. އަދި އެ އެސޯސިއޭޝަންގެ ފައުންޑަރ އިލްހާމް ހުސެއިންނެވެ. ޖަޕާނުން ރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ މިނިސްޓްރީތަކާއި އަމިއްލަ ކުންފުނިތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވެފައެވެ.

އާރޓްސް އޮފް މައިންޑް 2025ގެ ނަމުގައި ބޭއްވި މި މައުރަޒަކީ އެ އެސޯސިއޭޝަންގެ ދަރިވަރުންގެ ކުރެހުމާއި ފަންނުވެރިކަމުގެ ހުނަރު ތަރައްގީކުރުމަށާއި، އެކުދިންގެ މަސައްތައް އާއްމުކޮށް ދައްކާލުމަށްޓަކައެވެ. މިއީ 2019 ވަނަ އަހަރު ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ސިލްސިލާ މައުރަޒެކެވެ.

މި މައުރަޒުގައި 170 ދަރިވަރުންގެ ހުނަރު ފެނިގެން ދިޔައެވެ. މި ހަފްލާގައި އެމްއޭސީއެލްގެ ފަރާތުން 150،000ރ. ގެ ޑޮނޭޝަނެއް އޯޓިޒަމް ސެންޓަރއަށް ދެއްވާފައެވެ. އިލްހާމް ވިދާޅުވީ 2023 ވަނަ އަހަރުގެ މައުރަޒުގައި ފެނިގެންދިޔަ ބައެއް ކުރެހުންތައް އެމްއޭސީއެލްގެ 2024ގެ ކަލަންޑަރުގައި ހިމެނުއްވުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި މި މައުރަޒުން ވެސް ފަންނުވެރިކަމުގެ ދާއިރާއިން ފަހި ފުރުސަތުތަކެއް ތަނަވަސް ވެގެން ދަނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި ހަފްލާގައި ވަނީ އެމްއޭސީއެލްގެ އެމްޑީއަށް ހަނދާނީ ކުރެހުމެއް އަރުއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: