ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު އޮޅުވާލާފައި: އަމީރު

އެމްޑީޕީގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު ސަރުކާރުން ވަނީ އޮޅުވާލާފައިކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ ވެރިކަމަށް ދޮޅު އަހަރު ވެފައިވަނިކޮށް، ނޫސްވެރިންނާއި އާންމުންވެސް އުފައްދަމުން ދިޔަ އެންމެ ބޮޑު އެއް ސުވާލުކަމަށްވާ، ސިޔާސީ މުވައްޒަފުންގެ އަދަދާއި ގުޅޭ މައުލޫމާތު ސަރުކާރުން ހާމަކުރުމާއި ގުޅިގެންނެވެ.

އަމީރު ވިދާޅުވީ އާންމުކޮށް ބަޖެޓް ހަދައި ސިޔާސީ މާގާމުތަކުގެ އަދަދު ބަލާގޮތުންނަމަ، އޮކްޓޯބަރު 2024 ގައި 2،280 ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާކަމަށެވެ. އޭގެ ފަހުން 248 ސިޔާސީ މުވައްޒަފުން ކަނޑާލިކަމަށް ބެލި ނަމަވެސް، ނުކަނޑާކަމަށާއި، އެގޮތަށް ބަލާއިރުވެސް، 2،032 ސިޔާސީ މުވައްޒަފުން ތިބޭނެކަމަށެވެ.

އޭގެ ފަހުންވެސް އެތައް މުވައްޒަފުންނެއް ނަގާފައިވާކަމަށް އަމީރު ތުހުމަތު ކުރެއްވިއެވެ.

ސަރުކާރުން މިހާރު މި ބުނާގޮތަށް ބަލާނަމަ، ރައީސް އޮފީހާއި މުލިއާގެއާއި އަދި ހިލާލީގެ އެއްކޮށް 1،100 އަށް ވުރެ ގިނަ މުވައްޒަފުން ތިބޭނެކަމަށް ލަފާކުރެވޭކަމަށް ފާހަގަކޮށް އަމީރު ވިދާޅުވީ 2023 ނިމުނުއިރު މި އަދަދު ހުރީ 409 ގައިކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރުމަށް ވައުދުވެވަޑައިގެންފައެވެ. އަދި އެއީ ރައީސް އޮފީހުގެ މުވައްޒަފުން ނުހިމަނައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރަށް ދޮޅު އަހަރު ވެގެން ދިޔައިރު އެންމެ ބޮޑަށް ކުރާ އެއް ޝަކުވާއަކީ ސިޔާސީ މަގާމުތައް އިތުރުވަމުން ދާކަމަށެވެ. އެކަމަކު އަދަދުތަކާއި ގުޅޭގޮތުން ދެކެވެނީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއްކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: