ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިބަތު ބޮޑުކޮށް މިނިވަން ދުވަސް ފާހަގަކުރުމަކީ މިނިވަންކަމުގެ މާނަ ދައްކަން ލިބޭ ފުރުސަތެއް: އާދަމް ނަސީރު

ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހައިބަތު ބޮޑުކޮށް މިނިވަން ދުވަސް ފާހަގަކުރުމަކީ މިނިވަންކަމުގެ ހަގީގީ މާނައާއި އޭގެ އަގުވަޒަން ކުރުމުގެ ނަމޫނާ އަދުގެ ޒުވާން ޖީލަށް ދެއްކުމަށް ލިބޭ ފުރުސަތެއްކަމަށް މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަސީރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މިނިވަން ބަޔަކަށް ދިވެހިން ވީ ދިވެހީންގެ ވިސްނުމާއި, އުންމީދާއި ހިތްވަރުގެ ސަބަބުންކަމަށެވެ.

މިނިވަން ދުވަހުގެ ޖަލްސާ އަކީ ހަނދާން އައު ކޮށްދިނުމުގެ ވަރަށް ހާއްސަ ރަސްމިއްޔާތެއްކަމަށްވެސް ވިދާޅުވިއެވެ. މިނިވަން ދުވަހުގެ ޖަލްސާ ހައިބަތު ބޮޑުކޮށް، ހުރިހައި ފަރާތްތަކެއްގެ ޝާމިލުވުމާ އެކު ބާއްވަން ޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ ޖަލްސާ އަކީ ހަނދާން އައު ކޮށްދިނުމުގެ ވަރަށް ޚާއްސަ ރަސްމިއްޔާތެއް. އެ ޖަލްސާގައި މިނިވަންކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލާ، ދައުލަތަށް ޚިދުމަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް، ދިވެހިން ކުރި ތަޖުރިބާގެ ވާހަކަތައް އަލުން ކިޔައިދެވޭ. މިއީ ޤައުމެއްގެ ގޮތުގައި ދެމި ތިބުމުގެ ފުރިހަމަ އިލްހާމްތައް ހިތްތަކަށް އަލުން ގެނެސްދޭނެ ކަމެއް. މިނިވަން ދުވަހުގެ ޖަލްސާ ހައިބަތު ބޮޑުކޮށް، ހުރިހައި ފަރާތްތަކެއްގެ ޝާމިލުވުމާ އެކު ބާއްވަން ޖެހެނީ މިހެންވެ.“

މިނިސްޓަރ ވިދާޅުވިއެވެ.

މިނިވަންކަމަށް 60 އަހަރު ފުރޭ ފަޚުރުވެރި މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ ކަންކަން ރާވައިވާކަން މިނިސްޓަރު ވަނީ ހިއްސާކުރައްވާފައެވެ.

އެގޮތުން މީގެ ތެރޭގައި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން ދިދަ ނެގުމުގެ ރަސްމިއްޔާތާއި، ދުވަހާ ގުޅޭ ހާއްސަ ލައިވްއަތޯނެއް ހިމެނެއެވެ. އަދި ޤައުމީ ދިފާޢީ ބާރާއި ގައުމީ ކެޑޭޓްކޯގެ މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރު ވަނީ ރާވައިފައެވެ. އަދި ސްކޫލްތަކުގެ ކުޅިވަރާއި ސަގާފީ އައިޓަމްތައް ދައްކާލުން ވެސް މިފަހަރު ވަނީ ރާވާފައެވެ. މީގެ އިތުރުން މާލެ އަދި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ފުޅަނދުބުރު ދައްކާލުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: