ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުލައި މަހުގެ ނިޔަލަ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް!

ޗައިނާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މަންޒަރު: ފޮޓޯ/ ޗައިނާ އެމްބަސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުލައި މަހުގެ ނިޔަލަ ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް މިހާތަނަށް ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 1،202،262 އަށް އަރާފައެވެ.

މި މަހުގެ އެކަކުން 16 އަށް 94،132 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، 15.3 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 81،631 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓްގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. ޗައިނާއިން 165،134 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. ދެވަނައަށް އޮތް ރަޝިޔާއިން 140،298 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. އިނގިރޭސިވިލާތް ލިސްޓުގެ ތިން ވަނައިގައި 115،133 ފަތުރުވެރިނާއެކުއެވެ. ހަތަރު ވަނައިގައި އޮތީ އިޓަލީއެވެ. އިޓަލީއިން 89،951 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޓުކުރަމުން ދަނީ 183 ރިސޯޓެވެ. 16 ހޮޓެލަކާއި، 880 ފަތުރުވެހިގެ އިތުރުން، 159 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓު ކުރަމުންނެވެ.

މިދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ފާހަގަކޮށްލެވޭ އަހަރެކެވެ. އެގޮތުން އަހަރެއްގެ މައްޗަށް 2 މިލިއަން ފަތުރުވެރިން ޒިޔާރާތްކުރި ފުރަތަމަ އަހަރަކީ މިދިޔަ އަހަރެވެ. ސަރުކާރުން މިއަހަރަށް ގެންގުޅޭ އަމާޒަކީ މިއަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: