ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫ ކައުންސިލަށް ބިމު ކުލީގެ ގޮތުގައި އެކިއެކި ފަރާތްތަކުން 30 މިއަނެއްހާ ރުފިޔާ ނުދައްކާ!

ޝެއާރކޮށްލާ ކަހަލަދޯ؟

ތިނަދޫ ސިޓީ ކައުންސިލަށް ބިމު ކުލީގެ ގޮތުގައި އެކިއެކި ފަރާތްތަކުން 30 މިއަނެއްހާ ރުފިޔާ ނުދައްކާ އޮތްކަން ހާމަވެއްޖެއެވެ.

ތިނަދޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސިނާއީ އެކިއެކި މަސައްކަތްތައް ކުރުމަށް ތިނަދޫ ސިޓީން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބިމު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އެ ކައުންސިލަށް ނުލިބި 29،954،660.46 (ނަވާވީސް މިލިއަން ނުވަ ލައްކަ ފަންސާސް ހަތަރު ހާސް ހަސަތޭކަ ފަސްދޮޅަށް ރުފިޔާ ސާޅީސްހަ ލާރި) އެބަހުރި ކަމަށެވެ.

އެ ކައުންސިލުން ބުނި ގޮތުގައި ފައިސާ ދެއްކުމަށް އެދި އެސްއެމްއެސް ސިސްޓަމް މެދުވެރިކޮށް ބިން ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް ކޮންމެ މަހެއްގެ އެއްވަނަ އަދި 10 ވަނަ ދުވަހު މެސެޖު ފޮނުވައެވެ. އޭގެ އިތުރުން ފައިސާ ނުދައްކާ ފަރާތްތަކަށް ސިޓީ ފޮނުވާ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

ނަމަވެސް ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ހަތް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ދެ ފަހަރު އެންގުމަށްފަހު ވެސް ދައްކާފައި ނުވުމުގެ ސަބަބުން އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ މަސައްކަތް އެ ކައުންސިލުން ކުރަމުންދާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ލިސްޓުގައި ހިމެނޭ ކުންފުނިތަކާއި މީހުންގެ ތެރެއިން އެންމެ ބޮޑު އެއްޗެއް ދައްކަން ޖެހިފައި އޮތީ މޯލްޑިވްސް ގޭސް އަށެވެ.

ހަމައެއާއެކު ލޯކަލް ގަވަމެންޓް އޮތޯރެޓީ (އެލްޖީއޭ) އަށް ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީއާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑުކުރީ މިދިޔަ މަހުގެ 25ގައެވެ. ދެ ބޭފުޅުން ސަސްޕެންޑުކުރި ދުވަހުން ފެށިގެން ވެސް ސައުދު ގެންދަވަނީ އެ ފިޔަވަޅު އަޅައިފައިވަނީ ސިޔާސީ ސަބަބުތަކާ ހެދި ކަމަށް ތުހުމަތު ކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: